ތަނަވަސްކަމާ ޒަވާޖީހަޔާތް ދަމަހައްޓަންވެސް ތިބާއަށް ހެޔޮއެދޭ މީހުންނާއި ޢަދާވާތްތެރިން ވަކިކުރަން އެނގެން އެބަޖެހޭ! މިބުނެދެނީ އެކަމަށް އޮތް މަގެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ތަނަވަސްކަމާ ޒަވާޖީހަޔާތް ދަމަހައްޓަންވެސް ތިބާއަށް ހެޔޮއެދޭ މީހުންނާއި ޢަދާވާތްތެރިން ވަކިކުރަން އެނގެން އެބަޖެހޭ! މިބުނެދެނީ އެކަމަށް އޮތް މަގެއް! އިން ޝާ ﷲ

ﷲ ތަޢާލާ ވަނީ އިންސާނުންގެ ތެރޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް ަައްވަވައިފައެވެ.  އެކަން އެނގޭއިރު އޮތީ އެކަމަށް ސަމާލުކަންދީގެން އުޅުމެވެ. ކޮންމެ މީހެއްގެވެސް މިތުރުނަނާ ހަތުރުން އަދި ދުޝްމިނުންވެސް ތިބޭނެތީއެވެ. ދުޝްމިނުކަން ބޮޑުވެ ތިބާ ދެރަކޮށް ނިކަމެތިކޮށްލުމުގެ އިތރުން ތިބާ ނައްތާލަން ބޭނުންވާ ބައަކުވެސް ތިބޭނެތީއެވެ.  

ގިނަ މީހުންނަށް އެންމެ ދަތި އުނދަގޫ ކަމަކަށްވެފައި އޮންނަނީ މިތުރުންނާއި ހަތުރުން ވަކިނުކުރުމެވެ. ހަސަދަވެރިން ވަކިކުރުމެވެ. ގިނަ މީހުންގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި ބިލާހަކަށް ވެގެންދަނީ އެކަމުގެ ސަބަބުންނެވެ!  

ތިބާއަކީ އަތްމަތި ތަނަވަސް މީހަކު ނަމަ އެކަމަށް ޙަސަދަވެރިވާ ބައަކު ތިބޭނެއެވެ. ތިބާއަކީ ބަލައިލަން ރީތި މީހަކު ނަމަ އެކަމަށްވެސް ހަސަދަވެރިވާ ބައަކު އުޅޭނެއެވެ. އަދި ތިބާއަކީ އުފަލުގައި ޒަވާޖީ ޙަޔާތް ވޭތިކުރާ މީހަކު ނަމަ އެކަމަށް ވެސް ހަސަދަވެރިވާ ބައަކު އުޅޭނެއެވެ. މަތީ މަޤާމެއްގައި ހުރި ނަމަ އެކަމަށްވެސް ޙަސަދަވެރިވާ ބައަކު އުޅޭނެއެވެ.  

އެހެންކަމުން މިތުރުންނާއި ހަތުރުން އަދި ހަސަދަވެރިން ވަކިކުރަން އެންމެ ފަސޭހަ ގޮތް ބުނެދެން ހެއްޔެވެ؟  

ފުރަތަމަ ކަމަކީ ތިބާގެ ޙަޔާތުގެ ބައިވެރިޔާ ރުޅިއަތުވެދާނެ އެއްވެސް ކަމެއް ކުރަން ތިބާގެ ގާތުގައި ބުނުމެވެ. ޙަޔާތުގެ ބައިވެރިޔާ އާއިމެދު ޝައްކު އުފެދޭނެ ވާހަކަތައް ދެއްކުމެވެ. މިފަދަ އެއްވެސް ކަމެއް މީހަކު ކުރާނަމަ އެމީހަކީ ތިބާގެ ހަތުރެކެވެ. ދުޝްމިނެކެވެ. ހަސަދަވެރިއެކެވެ.

ދެން ބަލައިލަންވީ ތިބާގެ ތަނަވަސްކަމަށް ހަސަދަވެރިވާ މީހުންނެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޚަރަދެއް ކުރަން ތިބާއަށް ބާރު އަޅާނަމަ އަދި ﷲ ތަޢާލާ ތިބާއަށް ހޭދަކުރަން އަންގަވާފައިވާ އެއްވެސް ކަމަކަށް ހޭދަނުކުރަން ހިތްވަރުދޭނަމަ އެއީ ތިބާގެ ހަތުރެކެވެ. ދުޝްމިނެކެވެ. ހަސަދަވެރިއެކެވެ.  

ފިރިހެނުން ޚާއްޞަކޮށް ސަމާލުވާން ޖެހޭނެ ކަމެއް އެބަ އޮތެވެ! އެއީ ތިބާ އާއި ޙިލޭ އަންހެނުންނާއި ޖާމިނުކުރުވަން މަސައްކަތް ކުރުމެވެ. އެހެނީ އެއީ ތިބާއަށް ދެއްވެވި ތަނަވަސްކަމުގެ ބަރަކާތް އެންމެ ބޮޑަށް ކެނޑިގެންދާނެ އެއް ކަންތަކެވެ. އެންމެ ގިނައިން މީހުން ފަޤީރުވެ ނިކަމެތިވާ އެއް ކަމަކީ ހިލޭ އަންހެނުންނަށް ޚަރަދު ކުރުމެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.  

މިތަނުގައި ފިރިހެނުންގެ ވާހަކަ މިގޮތަށް މިގެނައީ މިފަދަ އަމަލުތައް ގިނައިން ކުރަނީ ފިރިހެނުން ކަމުގައިވާތީއެވެ. ނަމަވެސް މިފަދައިން އަމަލުކުރާ އަންހެނުންވެސް ތިބޭތީ އެމީހުންނަށް ވެސް އޮތީ ހަމަ މިމޭރުމުން ވިސްނައި ޤަބޫލުކުރަން ކަމަށް ބުނަމެވެ.  

މަޤާމުގެ ދުޝްމިނުން ވަކިކުރުމަކީވެސް ކުރަން ޖެހޭނެ ކަމެކެވެ. ތިބާ ހުރި މަޤާމުގައި ކުރުން ހުއްދަ ނޫން އެއްވެސް ކަމެއް ތިބާ ލައްވައި ކުރުވަން އުޅެފިނަމަ އެމީހަކީ ތިބާގެ ހަތުރެކެވެ. ދުޝްމިނެކެވެ. ހަސަދަވެރިއެކެވެ. ތިބާއަށް އެއްވެސް ވަރަކަށް ހެޔޮ އެދޭ އެއްވެސް މީހަކު ތިބާ ލައްވައި އެފަދަ އެއްވެސް ކަމެއް ކުރުވަން މަސައްކަތެއް ނުކުރާނެއެވެ.  

ނަރަކައަށް ވަންނަން ޖެހޭނެ މީހުންގެ ތެރޭގައިވެސް އެންމެ ގިނަވާނީ ނުބައި އެކުވެރިން ގެންގުޅެވުނު މީހުންނެވެ. ހަތުރުންނަކީ ރަޙްމަތްތެރިކަމުގައި ބަލައިގެން ދުނިޔޭގައި އުޅުނު މީހުންނެވެ. މިކިޔައިދިނީ އެކަންކަން ހިނގާނެ ގޮތެވެ. އަދި މިތުރުންނާއި ހަތުރުން ދެނެގަންނަން އެންމެ ފަސޭހަވާނެ ގޮތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން