ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ބާރެއް އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ކަމަށް ހީކުރުމަކީވެސް ޝިރުކުރުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ބާރެއް އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ކަމަށް ހީކުރުމަކީވެސް ޝިރުކުރުކުރުން!

ބައެއް މީހުންނަށް ޝިރުކުކުރެވެނީ ނުއެނގިތިބެއެވެ. މިޘާލަކަށް މިވެނި މީހެއްގެ އެހީތެރިކަން ލިބިއްޖެނަމަ ތިމާއަށް ބޭނުންވެގެން ހުރި ކަންތައް ޙާޞިލުކުރެވިދާނެކަމަށް އެބަ ވިސްނައެވެ. އެކަމެއް ނުވާނެއެވެ. ކިތަންމެ ބާރު ނުވަތަ ނުފޫޒުގަދަ މީހަކަށްވެސް ތިބާއަށް ކޮސްދެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވެވީމައެވެ. އެކަން ޔަޤީން ނުކުރާނަމަ ފެތިގެން އެދަނީ ޝިރުކުގެ ގޮޅިއަށެވެ!  

ޝިރުކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން: 

ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ޝިރުކު ކުރުމާއި ދުރުހެލިވުމަށް ވަޞިއްޔަތް ކުރައްވަވާފައިވެއެވެ. 

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾‏ 

މާނައީ: "އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (13)" 

އެގޮތުން އިބްނު ޢާޝޫރު އެބޭފުޅާގެ ތަފްސީރުގައި ބަޔާން ކުރައްވާފައިވެއެވެ. "ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވަޞިއްޔަތް ކުރައްވަން ފެއްޓެވީ އެންމެ ފުރަތަމަ، ޠާހިރުކަމާއި ފުރިހަމަކަމަށް ނަފްސު ގެންދަން ބޭނުން ކަމުގައިވާނަމަ އެންމެ ފުރަތަމަ ދޫކޮށްލަން ޖެހޭނީ ފަސާދައާއި މަގުފުރެދުމުގެ އުސޫލުތައް ކަމަށެވެ. އަދި މާތްރަސްކަލާނގެއަށް ޝިރުކު ކުރުން ދޫކޮށްލުމަށް އެދިވަޑައިގެންނެވެ. ޢަޤީދާ އިސްލާހުކުރުމަކީ އިސްލާޙީ ޢަމަލުގެ އަސާސެވެ." 

ދީނުގައި ޘާބިތުވެ ތިބެވޭނީ ފުރިހަމަ ޢަޤީދާއެއްގެ މަތީގައި ހުރެގެންނެވެ. ގިނަ ބައަކު ފޭލްވެ ދީނުން ބޭރުވެވެމުން މިދަނީ ޢަޤީދާގެ މަތީގައި ޘާބިތުވެ ނުތިބެވޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން