އެއްވެސް މީހަކަށް ދެރައެއް ނުވަތަ އަނިޔާއެއް ދީފިނަމަ އޭނާގެ ދުޢާއިން ތިބާއަށް ލިބޭނެ ހިތްދަތިކަމުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެއްވެސް މީހަކަށް ދެރައެއް ނުވަތަ އަނިޔާއެއް ދީފިނަމަ އޭނާގެ ދުޢާއިން ތިބާއަށް ލިބޭނެ ހިތްދަތިކަމުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެ!

ތިބާއަށް ތަކްލީފެއް އުފުލަން ޖެހިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ތިމާއަށް ކުރެވިފައިވާ ކަންކަން ހަނދާންކޮށް ފާފައެއް ކުރެވިފައިވޭތޯ އާއި އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ ދެރައެއް ދެވިފައިވާކަމާއިމެދު ވިސްނައިލާށެވެ!  

އެއްވެސް މީހަކު ހިތްދަތިކުރުވައި އަދި އަނިޔާވެރިވުމަކީ މިދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް ޢަޛާބު ދެއްވަވާ ކަމެކެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަށް މިދުނިޔޭގައި ޢަޛާބު ނުދެއްވަވައި ހިނގައިދާނެއެވެ. ނަމަވެސް ޢާޅޚިރަތް ދުވަހަކީ ތިމާ ކުރި ހުރިހާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދުވަހެވެ.

ވީމާ އަހުރެމެންނަށް އޮތީ ތައުބާވުން ގިނަކުރުމެވެ. ފާފަނުކުރަން މަސައްކަތްކުރުމެވެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަތުމާއި އަދި އެއްވެސް ދެރައެއް ނުވަތަ ގެއްލުމެއް ނުދިނުމެވެ. ތިބާގެ ސަބަބުން އެއްވެސް މީހަކަށް ދެރަ ނިކަމެތި ކަމެއް ލިބިއްޖެނަމަ އެކަން ވާނީ ތިބާ ކުރި އަނިޔާއަކަށެވެ. އަނިޔާ ލިބިގެންވާ މީހާ ކުރާ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ.  

ވީމާ ތިމާއަށް ތަކްލީފެއް އުފުލަން ޖެހިއްޖެނަމަ މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ. ތިބާގެ ކިބައިން އެއްވެސް މީހަކަށް ދެރައެއް ލިބިފައިވާނަމަ އެމީހަކަށް ބަދަލުދީ މާފަށް އެދެން އަވަސްވެގަންނާށެވެ. އޭނާގެ ދުޢާއިން ސަލާމަތްވެ ހުރުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން