ނަމާދަށް ހުއްޓާ ވުޟޫގެއްލިއްޖެކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-: ޝައިޚް މާޖިދު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ނަމާދަށް ހުއްޓާ ވުޟޫގެއްލިއްޖެކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-: ޝައިޚް މާޖިދު މަޙްމޫދު

ނަމާދަށް ހުންނައިރު އެމީހަކަށް ޙަމަލާދޭން ޝައިޠޯނާ ވަރަށް ބޮޑަށް މަސައްކަތްކުރާނެއެވެ. ވަރަށް ގިނަ ގޮތްގޮތުންވެސް މަސައްކަތްކުރާނެއެވެ. އެއިގެ ތެރެއިން އެއްގޮތަކީ ވުޟޫގެއްލިއްޖެކަމަށް ވިސްނައިދިނުމެވެ.  

ގިނަ ބައަކު މިވަސްވާހުގައި ޖެހޭތީ ބުނެލަމެވެ. ވުޟޫގެއްލިއްޖެކަން 100 އިންސައްތަ އަށް ޔަޤީން ނުކުރެވެނީސް ނަމާދުދޫކޮށްނުލާށެވެ. އެކަމަށް އޮތީ ޔަޤީން 2 ގޮތެކެވެ. ފުރަތަމަ ގޮތަކީ ވައިބޭރުވި އަޑުއިވުމެވެ. ދެވަނައީ ވަސްދުވުމެވެ. ޝައްކުވާ ގޮތަކަށް ތޮޅިލާ ތޮޅިލުމަކަށް ޔަޤީންނުކުރާށެވެ. އެއީ ޔަޤީންކުރެވޭނެ ގޮތެއް ނޫނެވެ.  

މިކަންކަން ނުއެނގޭތީ ނަމަވެސް ޝައްކުގެ މައްޗަށް ނަމާދުދޫކޮށްލެވޭ މީހުން ތިބެއެވެ. އެމީހުންނަށް ބުނެލަން އޮތީ ޝައިޠޯނާގެ ވަސްވާހުގައި ޖެހި ނަމާދުދޫކޮށްނުލާށެވެ.

 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން