އަހުރެންނަށް ނަރަކައިން ސަލާމަތްވެވޭނެތަ؟ ސުވަރުގެ ވައްދަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަހުރެންނަށް ނަރަކައިން ސަލާމަތްވެވޭނެތަ؟ ސުވަރުގެ ވައްދަވާނެތަ؟

އަހުރެންނަށް ނަރަކައިން ސަލާމަތްވެވޭނެތަ؟ ސުވަރުގެ ވައްދަވާނެތަ؟ މިއީ ގުޅި ލާމެހިފައިވާ 2 ސުވާލެވެ. ދެސުވާލަށްވެސް އެއް ޖަވާބެކެވެ. އެހެންކަމުން މިދައްކާ ވާހަކަކޮޅަށް ވިސްނައިގެން ނިކަން އަޑުއަހައިލަބަލާށެވެ!

މުސްލިމުންގެ ތެރެއިންވެސް އެންމެންނަށް ސުވަރުގެ ނުލިބޭނެކަން އެބަ އެނގެއެވެ. ކުރެވޭ ފާފައިގެ ސަބަބުން ނަރަކައިގައި އެކި މުއްދަތަށް ތިބެން ޖެހޭނެ ބައަކުވެސް މުސްލިމުންގެ ތެރޭގައި ވާނެތީއެވެ.

ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތް ކިޔައި އުޅުނު ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނެތެވެ. ނަމަވެސް މީޒާނުގައި އެމީހެއްގެ ޢަމަލުތައް ކިރައި ލެވޭހިނދު އެމީހަކު ކޮށްފައިވާ ފާފަތައް ގިނަވެއްޖެނަމަ އެފާފަތަކަށް ޢަޛާބުދެއްވެވުމަށްފަހުގައެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ފާފަތައް ފުއްސަވައިދެއްވަވާނެ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް މިބުނީ ކަންކަން ފެންނަން އޮތް ގޮތަށެވެ.

ފާފަކުރަން ބިރުގަންނަންވީ އެސަބަބަށްޓަކައެވެ. ނަމާދުނުކޮށް ހުންނަން ނުވާނީ އެ ސަބަބަށްޓަކައެވެ. ނަމާދުން ފޭލްވެއްޖެނަމަ އެމީހާގެ ހުރިހާ ޢަމަލުތަކެއް ފޭލްވެ ނަރަކައަށް ވަންނަން ޖެހޭނެކަން އެނގެން އޮތުމުންނެވެ. އެހެންވެ ސުވަރުގެ ލިބޭނީ ކޮން ބައަކަށް ކަމާއިމެދު ގިނަ ބައަކު ސުވާލު ކުރެއެވެ.

ސުވަރުގެ ލިބޭނީ ސުވަރުގެ ލިބުން އެދި ގަދައަޅައި މަސައްކަތް ކުރި ބައަކަށެވެ. އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ގަދައަޅައި މަސައްކަތްކުރި ބައަކަށެވެ. ސުވަރުގެ ހާޞިލްކުރަން މަސައްކަތްކުރާ މީހާ ކަންނެތް ވެގެން ނުވާނެއެވެ. ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. އަބަދުވެސް އެކުރާ މަސައްކަތެއްގައި ދެމިހުންނަން ވާނެއެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން