މުވައްޒިފުންނަށް ޙައްޤު މިންވަރަށް މުސާރަ ނުދޭނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މުވައްޒިފުންނަށް ޙައްޤު މިންވަރަށް މުސާރަ ނުދޭނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!: މުފްތީ މެންކް

ތިމާއަށް ޚިދުމަތްކުރާ މުވައްޒިފަކަށް ކުށެއް ކުރެވިއްޖެނަމަ ރުޅިއައިސް ބަސްބުނަމުއެވެ. އަދި ކުރާ ކަމަކުން ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ލިބިއްޖެނަމަ އިންތިހާއަށް ރުޅިގަދަވެ ބަސްބުނަމުއެވެ. މުސާރައިން އުނިވެސްކުރަމުއެވެ. އެކަމަކު ރަނގަޅަށް ކަމެއް ކުރުމުން ތަޢްރީފެއް ނުކުރަމުއެވެ. ކިތަންމެ ބޮޑު ފައިޑާއެއް ހޯދައިދިނަސް އެކަމުގެ ވަޒަނެއް ނުކުރަމުއެވެ.  

އެހެން ނުހަދާށެވެ! ކުށެއްކޮށްފިނަމަވެސް ރުޅިނައިސް އޯގާތެރިކަމާއިއެކު ބަސްބުނާށެވެ. ހައްޤު މިންވަރަށް ތަޢްރީފްކުރާށެވެ! އެއިގެ ބަދަލުގައި މާބޮޑެތި ފައިދާތައް ހޯދައިދޭނެއެވެ. ކޮންމެ މުވައްޒިފަކަށްވެސް ޙައްޤު މިންވަރަށް އުޖޫރަދޭށެވެ، ބުރަކޮށްމަސައްކަތްކުރާނަމަ އަދި އެމީހެއްގެ ކިބައިން ބޮޑެތި ފައިދާލިބޭނަމަ ގިނައިން ދޭށެވެ.  

ބުނަންހެއްޔެވެ؟ ބޮޑެތި ފައިދާތައް ހޯދައިދޭ މުވައްޒިފުންނަކީ ތިބާއާއިވަކިވެ އަމިއްލަ މަސައްކަތެއް ފަށައިފިނަމަ ބާރަށް ކުރިއަށްދާނެ ބައެކެވެ. އަދި އެމީހުން ވަކިވެގެންދާނީ ތިބާއަށް އާމްދަނީ ލިބެންހުރި މަގުތަކުން ބައެއް ހިފައިގެންވެސްމެއެވެ. އެއިރުން ތިބާއަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެއެވެ. 

މުވައްޒިފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރާށެވެ! ރަނގަޅަށް މަސައްކަތްކުރާ މުވައްޒިފުންނަށް ހެޔޮކޮށްހިތާށެވެ. އެމީހުންނަށްވެސް ހަަމޖަހިލައިގެން އުޅެލެވޭނެ ވަރުގެ އުޖޫރައެއް ދޭށެވެ. އެއިރުން ތިބާއަށް ލައްވަވާ ރަޙްމަތް ބޮޑުވާނެތެވެ. ލިބޭ އާމްދަނީވެސް އިތުރުވާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން