ޤިޔާމަތްވުމުގެ ވަޤުތުޖެހި ތާޅަފިލި ފުމެލެއްވުމުން ހިނގާނެ ކަންކަމުގެ ތެރެއިން ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤިޔާމަތްވުމުގެ ވަޤުތުޖެހި ތާޅަފިލި ފުމެލެއްވުމުން ހިނގާނެ ކަންކަމުގެ ތެރެއިން ބައެއް ކަންކަން-

ޤިޔާމަތްދުވަހުގެ ވާހަކަ ދެއްކިޔަސް ގިނަބައަކު ސަމާލުކަމެއް ނުދެއެވެ. ވިސްނަނީ އެއިރު ތިމާ ދުނިޔޭގައި ނުހުންނާނެތީ އެއީ މުހިންމު ވާހަކަތަކެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޤިޔާމަތް ދުވަހަށް ބިރުވެތިވެވިގެން ނޫނީ އެދުވަހަށްޓަކައި ވާންޖެހޭ ތައްޔާރީތަކެއް ނުވެވޭނެއެވެ. ވީމާ އެއީ ތިމާއާއި ނުބެހޭ ވާހަކަތަކެއް ކަމަށް ވިސްނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

"ﷲ ތަޢާލާގެ އަމުރުފުޅަށް ތާލަފިލި ފުމެލެއްވެވުމުން ތާޅަފިލީގެ އަޑާއިއެކު އިރާއި ހަނދުގެ އަލިކަން ގެއްލިގެންދާނެއެވެ. ތަރިތައް ނެތިގެންދާނެއެވެ. މުޅި ބިމުގައި އޮންނާނީ ކަޅުކަން ގަދަ އަނދިރިކަމެވެ. މީސްތަކުން ބިރުން ފިލަން ދުވާނެއެވެ. ނަމަވެސް އެ ގަދަ އަނދިރިކަމުގެ ތެރޭގައި ދުވެދާނީ ކޮން ދިމާއަކަށް ހެއްޔެވެ؟ މީހާގެ ވަށާލެވިފައިވާނީ ބިރުވެރިކަމެވެ. 

އުޑުތައް ފަތްފަތްޖެހި ނެތިގެންދާނެއެވެ. ބޮޑެތި ބިޔަ ފަރުބަދަތައް ފުނޑުފުނޑުވެ އަޅިތަކެއް ފަދައިން ބުރަބުރައިގެންދާނެއެވެ. އެ އަޅިތައް ވިއްސިވިހާލިވެ ވިލާތަކެއް ފަދައިން މައްޗަށް އަރައިގެންދާނެއެވެ. 

އާދަމްގެފާނުން ފެށިގެން ދުނިޔޭގައި ލެއްވެވި އެންމެހައި މީސްތަކުން އެއްތަނަކަށް އެއްކުރެއްވެވޭނެތެވެ. އެއެންމެންގެ ހިސާބު ބެއްލެވޭނެތެވެ! ހަމައެކަކަށްވެސް ހިސާބު ބެއްލެވުމަކުން ސަލާމަތެއް ނުވެވޭނެއެވެ." 

މިއީ ހިނގާނެ ކަންކަން ކަމާއިމެދު ކުޑަވެސް ޝައްކެއްނެތެވެ. އެއްވެސް މުސްލިމަކު މިއިން އެއްވެސް ކަމަށް ކުޑަވެސް ޝައްކެއް ނުކުރާނެއެވެ. ނަމަވެސް ހިތާމައަކީ ބިރު ނުގަނެވޭކަމެވެ. ބިރުވެތި ނުވެވޭ ކަމެވެ.

 

– މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން