މަރުވުމާއިމެދު އެނގޭނީ ހަމައެކަނި މަރުވާނެ ކަމެވެ! އެންމެ ކުޑަމިނުން މަރުވާނެ ތަނެއްވެސް ނުއެނގޭނެތެވެ!

ކިޔުމަށް ހޭދަވާނީ 4މ 43ސ
މަރުވުމާއިމެދު އެނގޭނީ ހަމައެކަނި މަރުވާނެ ކަމެވެ! އެންމެ ކުޑަމިނުން މަރުވާނެ ތަނެއްވެސް ނުއެނގޭނެތެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴿٣٤﴾‏ 

މާނައީ: "ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. (ލުޤްމާން: 34)" 

މިއާޔަތުން އެނގިގެން މިދަނީ އެންމެ ކުޑަމިނުން އެމީހަކު މަރުވާނީ ކޮންފަސްގަނޑެއްގައިކަންވެސް އެމީހަކަށް ނުއެނގޭނެ ކަމެވެ. ހަމައެއާއިެކު މާދަމާ ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދު ވިސްނުމުގެ ބޭނުމެއްވެސް ނެތްކަމެވެ. ސަބަބަކީ ކިތަންމެ ވަރަކަށް ވިސްނިޔަސް ނުއެނގޭނެތީއެވެ. 

ތަޢާލާގެ ކުޅަދުންވަންތަކަން ބަޔާން ކޮށްދެއްވަވައި މިފަދައިންވެސް ވަނީ ވަޙިކުރައްވަވައިފައެވެ! 

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 10، 11 އަދި 34 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴿١٠﴾‏ هَٰذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ ۚ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ ﴿١١﴾‏ 

މާނައީ: "ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ. (10) މިއީ اللَّه ގެ ހެއްދެވުމެވެ. އެކަލާނގެ ރަސްކަންފުޅުނޫން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ! އަދި ކިއެއްތަ! مشرك ންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރޭގައެވެ. (ލުޤްމާން: 11)"

 

މިއަދު އޮންލައިން