އަނބިމީހާ ނުކިޔަމަންތެރިވާނަމަ އޭނާގެ ގައިގަ ޖެހުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަނބިމީހާ ނުކިޔަމަންތެރިވާނަމަ އޭނާގެ ގައިގަ ޖެހުން ހުއްދަވާނެތޯ؟

އަނބިމީހާ ނުކިޔަމަންތެރިވާނަމަ އޭނާގެ ގައިގަ ޖެހުން ހުއްދަވާނެތޯ؟  

މިސުވާލަށް އަހުރެން ދޭނެ ޖަވާބަކީ ތިބާ ރުޅިއަތުވެއްޖެކަން ނުވަތަ ކުރީ ކުށެއްކަން އޭނާއަށް އަންގައިލުމުގެ ގޮތުން އަނބިމީހާގެ ގައިގައި ބީހިލާށެވެ! ނަމަވެސް ތަދުވެ އަނިޔާއަކަށްވާނެ ގޮތަށް ޖެހުން ހުއްދައެއް ނުވާނެއެވެ. ތަދުވާނެ އެއްވެސް ކަމެއްވެސް ކޮށްގެން ނުވާނެއެވެ.  

އަހުރެންގެ ޒުވާން ޢުމުރުގައި ހަމަތިއަ ސުވާލު ޝައިޚަކާ ކުރީމެވެ. ޖަވާބުގައި ވިދާޅުވީ ނަރަކައިގައި އޮވެ ހަަމއެގޮތަށް މާގަދަފަދަ އަނިޔާ ލިބެން ބޭނުންނަމަ ޖަހާށެވެ!  

އަދިވެސް ވިދާޅުވިއެވެ. ދަރިންގެ ގައިގައިނަމަވެސް ރުޅިއައިސްގެން އަތްލުމަކީވެސް އިޞްލާޣޙްވުމަށް ހުރަސްއެޅޭ ކަމެކެވެ. އެފަދަ ވަޤުތަކު މަޑުމަޑުން އަތްލިޔަސް އެކަން އެއީ ވަރަށް ބޮޑުކަމަކަށްވާނެތީއެވެ. ވީމާ ޖެހުމުގެ ބަދަލުގައި ލޯބިން ފިރުމައިލާށެވެ! އެއިރުން ޖެހުމުން ވާތަދަށްވުރެ އޭނާގެ ހިތަށް މާބޮޑަށް އަސަރުކުރާނެއެވެ.  

އަދިވެސް ޝައިޚް ވިދާޅުވިއެވެ. "އަހުރެންގެ އުސްތާޛަކު ވިދާޅުވިއެވެ. "ރުޅިއައިސްގެން ހުރެ އެއްވެސް މީހެއްގެ ގައިގައި އަތްލުމަކަށް ހަމައެކަކުވެސް ނުރުހޭނެއެވެ. ތިބާވެސް ނުރުހޭނެއެވެ. އަދި ރުޅި އައިސްގެން ހުރެ ގައިގަ އަތްލުމަކީ ލަދުޙަޔާތް ކެނޑިގެންދާ ކަމެކެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން