ރަސޫލް ޞޢޥ ގެ އެންމެ ފަހުގެ ވަޞިއްޔަތްފުޅަށް އެބަ ޢަމަލުކުރަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަސޫލް ޞޢޥ ގެ އެންމެ ފަހުގެ ވަޞިއްޔަތްފުޅަށް އެބަ ޢަމަލުކުރަމުތަ؟

މީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހަކުދެކެ ތިމާ ލޯބިވާ މީހަކު މަރުމަތީގައި ވަޞިއްޔަތެއް ކޮށްފިނަމަ އެވަޞިއްޔަތް ފުއްދަން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރާނެއެވެ. އެކަންކުރަން އެމީހަކަށް ކުރެވެންހުރި ހުރިހާ ވަޞިއްޔަތެއް ކުރާނެއެވެ.  

ﷲ ތަޢާލާ ފިޔަވައި އެފަރާތަކަށް އަހުރެމެން އެންމެ ބޮޑަށް ލޯބިވާންޖެހެނީ އަހުރެމެން އަހުރެމެންގެ ލޮބުވެތި ރަސޫލާ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. އިތުރު އެކަލޭގެފާނުގެ އެންމެ ފަހުގެ ނުވަތަ އެންމެ ފަހުން ކުރެއްވެވި ވަޞިއްޔަތްފުޅަކީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމެވެ. އެވަޞިއްޔަތްފުޅުވަނީ ތަކުރާރުވެސް ކުރައްވަވައިފައެވެ.  

ސުވާލަކީ އަހުރެމެންނަށް އެވަޞިއްޔަތްފުޅަށް އެބަ ޢަމަލުކުރެވޭހެއްޔެވެ؟ ޢަމަލުނުކުރެވޭނަމަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް ދެކެ ލޯބިވާ މީހަކަށް ވެވޭނެހެއްޔެވެ؟ ސުންނަތަށް ތަބަޢަވާ މީހަކަށް ވެވޭނެ ހެއްޔެވެ؟  

ވީމާ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ ފަރުޟް 5 ނަމާދަށް ރައްކައުތެރިވުމަށެވެ. ވަޤުތުޖެހުމުން ނަމާދުކުރުމަށް އަވަސްވެގަތުމަށެވެ. ފިރިހެނުން ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ފަހުގެ ވަޞިއްޔަތްފުޅަށް ޢަމަލުކުރިކަމަށްވާނީވެސް އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން