ތިބާގެ ފޯނަށް ޖަވާބުނުދިނަސް، ޓަކިޖެހީމަ ދޮރުނުހުޅުވިޔަސް އެވާހަކަ ނުދައްކާށެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިބާގެ ފޯނަށް ޖަވާބުނުދިނަސް، ޓަކިޖެހީމަ ދޮރުނުހުޅުވިޔަސް އެވާހަކަ ނުދައްކާށެވެ!: ބިލާލް އައްސަދު

ތިބާ ކިތަންމެ ގާތް މީހަކަށް ނަމަވެސް ފޯނުކުރީމާ ޖަވާބުނުދޭނަމަ އެވާހަކަ ނުދައްކާށެވެ! 2، 3 ފަހަރު ގުޅީމާ އަނބުރާ ނުގުޅައިފިނަމަ ސަބަބު އެނގެންދެން ކެތްތެރިވެލާށެވެ. އަދި ތިބާގެ ޣާތް މީހެއްގެ ގެއަށް ދިއައިރު އެމީހުން ގޭގައި ތިބެ ނަމަވެސް ދޮރުގައި ޓަކިޖެހީމާ ނުހުޅުވައިފިނަމަ އެނބުރިދާށެވެ. މިއިން އެއްވެސް ޙާލަތެއްގައި އެފަދަ އެއްވެސް ވާހަކައެއް ހަމައެކެއްގެ ގާތުގައިނަމަވެސް ނުވެސްދައްކާށެވެ!  

އެމީހަކު ގެއަށް ވައްދަން ބޭނުންވާ މީހުން އެނގޭނީ އެމީހަކަށެވެ. އަދި އެމީހަކު ފޯނުން ވާހަކަދައްކަންވީ މީހުންވެސް އެނގޭނީ ހަމައެމީހަކަށެވެ. އެހެން މީހަކު އެކަމާއި ބެހުމެއް ނެތެވެ.  

ގާތް މީހުންނަށް ފޯނުންގުޅަން މަސައްކަތްކުރަންވާނެއެވެ. އަދި ޒިޔާރަތްކުރަންވެސް ވާނެއެވެ. ނަމަވެސް އެކަމުގައި ކަންކަން ކުރަންވާނީ މިބުނާ ގޮތަށެވެ. އަނެކާއަށް ތިބާ މުހިންމު ނަމަ ފޯނުކުރީމާ ޖަވާބުދޭނެއެވެ. އެވަޤުތު ޖަވާބުނުދެވިއްޖެނަމަ އަނބުރާ ގުޅާނެއެވެ. ހަމައެގޮތަށް އެމީހުންގެގެއަށް ތިބާ ގޮސްހުރިކަން އެނގޭނަމަ އަވަހަށް މަރުޙަބާވެސް ކިޔާނެއެވެ. އެކަންކަން އެގޮތަށް ނުކުރާނަމަ އެއިގެ މާނައަކީ ތިބާއާއި ދުރުހެލިވެހުންނަން ބޭނުންވާކަމެވެ. ރަނގަޅުވާނީ އެފުރުޞަތު އޭނާއަށް ދިނުމެވެ.  

މުސްލިމުންނަކީ އެހެން މީހުންގެ ސިއްރުތައް ހޯދަން މަސައްކަތްކޮށްގެންވާނެ ބައެއް ނޫނެވެ. ކިތަންމެ ގާތް މީހަކުނަމަވެސް ތިބާގެ ގާތުގައި ކަމެއްގެ ވާހަކަ ނުބުނާނީ ބުނަން ބޭނުންނުވާތީއެވެ. އެހެންވީމާ ސުވާލުތައް ކުރުމުގެ ބޭނުމެއް ނެތެވެ. ރަނގަޅުވާނީ ސުވާލުނުކުރުމެވެ. ސުވާލުކުރާނަމަ އެކަމުން އޭނާއަށް އުނދަގޫވާނެތީއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން