6 އަހަރުވީ ލޯބިވެރިޔާ ގެއްލުމުން ހިތްދަތިވާލެއް ބޮޑުކަމުން ސުވާލުކުރި މީހަކަށް ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވި ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
6 އަހަރުވީ ލޯބިވެރިޔާ ގެއްލުމުން ހިތްދަތިވާލެއް ބޮޑުކަމުން ސުވާލުކުރި މީހަކަށް ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވި ޖަވާބު-

"ޝައިޚް އެވެ. އަހުރެން 6 އަހަރުވަންދެން ލޯބިވެގެން އުޅުނު މީހާ ވަކިވެއްޖެއެވެ. އޭނާއާއިއެކު ވަރަށް ގާތް ގުޅުމެއްވެސް ބޭއްވީމެވެ. އޭނާ ވަކިވުމުން މިއުޅެނީ ވަރަށް ބޮޑަށް ހިތްދަތިވާތީއެވެ."  

ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބު:  

ޙަރާމް ގުޅުމެއް 6 އަހަރުވަންދެން ބާއްވައި ޙަރާމް ކަންކަން ކޮށްފައި އަދިވެސް އެކަންކަން ކުރަން ބޭނުންވެގެން އަހުރެންގެ ގާތަށް ތިއައައީ ކީއްކުރަންހެއްޔެވެ؟ އަހުރެންވީ ކަލޭ ފާފަކޮށް ނަރަކައަށް ވަންނަން އެހީތެރިވެދޭން ހެއްޔެވެ؟ އަމިއްލައަށް ނަރަކައަށް ގޮސް ދެމީހުން ބައްދަލުވޭތޯ ބަލާށެވެ! ނޫންނަމަ އަޑުއަހާށެވެ!

ތިއައީ ތިބާއަށް ﷲ ތަޢާލާ ލެއްވެވި ކިހައި ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ކުރެވެމުން އައި ފާފަތައް ނުކުރުވޭނެ ގޮތް މެދުވެރިކުރެއްވެވީއެވެ. ޝުކުރުވެރިވެ އަވަހަށް ތައުބާވާށެވެ! ބޭނުންވަނީ ހަަމ އޭނާކަމަށްވާނަމަ ލޯބިވެގެން އެކުގައި އުޅުމުގެ ބަދަލުގައި ކައިވެންޏަށް އެދި އަވަހަށް ފޮނުވާށެވެ. އެއްބަސްވިނަމަ ކައިވެނިކޮށް އެކުގައި އުޅޭށެވެ. އެއްބަސްނުވިނަމަ ތިބާއާ ރުހޭ މީހަކު ހޯދައިގެން ދެންވެސް ލޯބިވެގެން ނުއުޅެ އަވަހަށް ކައިވެނިކުރާށެވެ! ރިވެތި ގޮތުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ!

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން