ޤިޔާމަތް ދުވަހު އޮންނާނީ އެމީހަކާ އެމީހެކެވެ! އެއްވެސް މީހަކަށް އެހެން މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެކަން ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 2މ 32ސ
ޤިޔާމަތް ދުވަހު އޮންނާނީ އެމީހަކާ އެމީހެކެވެ! އެއްވެސް މީހަކަށް އެހެން މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެކަން ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 33 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لَّا يَجْزِي وَالِدٌ عَن وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِ شَيْئًا ۚ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ ﴿٣٣﴾‏ 

މާނައި: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطان އާ، ތިޔަބައިމީހުން اللَّه އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! (33)" 

މިއަދު މިފެންނަނީ ތިމާއަށް ދުނިޔެއިން ލިބިދާނެ ކުޑަކުޑަ މަންފާއެއްގެ ދަހިވެތިކަމުގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ޢަމަލުތައް ކުރަމުން ގެންދާ ތަނެވެ. އެކަންކުރަން ބުނި މީހާގެ ކިބައިން ލިބިދާނެ ފައިދާއަކަށް ދަހިވެތިވެގެންނެވެ.  

ވިސްނައިލާށެވެ! ކޮންމެ މީހަކީވެސް މަޙްޝަރުގެ މައިދާނުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެ މީހެކެވެ. ތިބާލައްވައި ނުބައި ޢަމަލުތައް ކުރުވި މީހުންވެސްމެއެވެ. އެއިން މީހަކަށް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ކަމެއް އެދުވަހަކު ނުއޮންނާނެތެވެ. ވީމާ ތަޤްވާވެރިވުމަށް މަސައްކަތްކުރާށެވެ! ކޮންމެ މީހަކު ބުނިނަމަވެސް ފާފަވެރިވާނެ އެއްވެސް ޢަމަލެއް ނުކުރާށެވެ!

 

މިއަދު އޮންލައިން