އެންމެ ފަސޭހައިން ކުރެވޭ، ކުރަން އެންމެ ފަސޭހަ ގިނަ ވަޤުތުލިބޭ، ކުރުމުން އެހާގިނަ ފައިދާލިބޭ ސުންނަތް ނަމާދު ނުކުރަނީ ކީއްވެގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެންމެ ފަސޭހައިން ކުރެވޭ، ކުރަން އެންމެ ފަސޭހަ ގިނަ ވަޤުތުލިބޭ، ކުރުމުން އެހާގިނަ ފައިދާލިބޭ ސުންނަތް ނަމާދު ނުކުރަނީ ކީއްވެގެންތަ؟

ޙަދީޘްފުޅުގައިވަނީ ކޮންމެ ދުވަހަކުވެސް މީހާގެ ކޮންމެ ގުނަވަނަކުން ﷲ ތަޢާލާއަށް ދަރަނިވެރިވާކަމަށެވެ. ޟުޙާނަމާދުގެ އެންމެ 2 ރަކްޢަތް ނަމަވެސް ކޮސްލުމަކީ އެދަރަނި ފިލުވައިލަދޭ ކަމެކެވެ.

ޟުޙާ ނަމާދަކީ ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ ޞަދަޤާތެކެވެ. ޞުޙާ ނަމާދުކުރުމުން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުންނާއި ދެއްވަވާފައިވާ ޞިއްހަތަށާއި ތަނަވަސްކަމަށް ޞަދަޤާތް ކުރެވުނީއެވެ. ވީއިރު އެފަދަ މަތިވެރި ނަމާދެއް ނުކޮށް ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

ޟުޙާ ނަމާދުކުރުމަކީ ރިޒުޤް ތަނަވަސްވުމަށް އޮތް މަގެކެވެ. އިން ޝާ ﷲ

ޞުޙާ ނމަމާދަކީ ކުރަން އެންމެ ފަސޫހަ އެއް ނަމާދެވެ. ބައެއް ދުވަސްތަކުގައި 5،6 ގަޑިއިރަށް ވަގުތު ދެމިގެންދާ ނަމާދެކެވެ. އެންމެ 2 ރަކްޢަތް ކުރިނަމަވެސް ފުދޭނަމާދެކެވެ. ކުރު ސޫރަތް ކިޔަވައިގެން ކުރެވޭ ނަމާދެކެވެ.

ޟުޙާ ނަމާދުގެ ވަގުތަކީ އިރު ލޮންސިއަކަށް އެރީންސުރެ މެންދުރު ވަގުތު ޖެހެންދެން ކަމަށްވުމުން އެއީ ދިރިއުޅުމުގެ މަސައްކަތްތަކުގައި އުޅެންޖެހޭ ވަގުތެވެ. މަސައްކަތްކުރަންވީ މަސައްކަތްކުރުމުގެ ތެރެއިންނަމަވެސް އެންމެ 5، 10 މިނިޓް ނަމަވެސް ﷲ ތަޢާލާއަށްޓަކައި ހޭދަކުރުމަށެވެ. އެކަމުން ލިބެން އޮތް ޘަވާބުގެ މަތިވެރިކަން ހާދަ ބޮޑެވެ. އަދި އެންމެ ބޮޑަށް ވިސްނާލަންވީ ކަމަކީ ދަމުނަމާދުހައި ދިގުކޮށް ނުކުރިނަމަވެސް ދެއްވަވާ ޘަވާބު އެހައި ގިނަކަމެވެ.

ރަސޫލް ﷺ ޟުޙާ ނަމާދުގެ ވާހަކަ ޙަދީޘްފުޅުކުރައްވަވާފައިވާ މާނައަށް ބަލާއިރު ﷲ ތަޢާލާގެ މަގަށް އެނބުރުން ހިމެނެއެވެ. މިއީ ވަރަށް ފުން އަދި ފުޅައުމާނައެކެވެ.

ހަމައެކަނި މިޙަދީޘްފުޅަށް ބަލައިލާށެވެ! އަބޫ ހުރައިރާ (ރޢ) ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނުގެ މިތުރު ރަސޫލް ﷺ 3 ކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވެވި ކަމަށެވެ. އެއީ މަހުގެ 3 ދުވަހު 13، 14، 15 ރޯދަ ހިފުމަށާއި ވިތުރި ނުކޮށް ނުނިދުމަށާއި އަދި ޟުޙާ ނަމާދުކުރުމަށް ކަމަށެވެ.

ވީމާ މިއީ މުޅި އުންމަތަށް އޮތް ވަޞިއްޔަތެކެވެ. އާދޭހަކީ ޟުޙާ ނަމާދު ކުރުމުގައި ސާބިތުކަމާއިއެކު ދެމިތިބުިމެވެ. އެކަމުން ލިބެން އޮތް މަތިވެރި ޘަވާބާއި ދަރުމަ ލިބިގަންނަމުން ދިއުމެވެ.

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން