ޤިޔާމަތްވުން އަދި އޮތީ ވަރަށް ދުރުގަކަމަށް ޤަބޫލުކުރާ މީހުން އެދަނީ ނަރަކައާ ގާތްވަމުން! ވެއްޓުނީމާ ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤިޔާމަތްވުން އަދި އޮތީ ވަރަށް ދުރުގަކަމަށް ޤަބޫލުކުރާ މީހުން އެދަނީ ނަރަކައާ ގާތްވަމުން! ވެއްޓުނީމާ ސަލާމަތެއް ނުވެވޭނެ!

އިންސާނުންގެ ތެރެއިން އެންމެ ގިނަ ބައަކަށް ނަރަކައަށް ދާން ޖެހެނީ ޢުމުރުގައި އަދިވެސް ވަގުތު އެބައޮތްކަމަށް ޤަބޫލުކޮށް ތައުބާވުން ފަސްކުރާތީއެވެ. ތައުބާނުވެ ފާފަތައް ކުރަމުން ގޮސް ކަޅުތިލަތަކުން ނުވަތަ ކަޅު ލަކުނުތަކުން ހިތް ފުރައިލާތީއެވެ.

ދައްޖާލުވެސް އަދި ފައުޅުނުވާތީ ޢީސާގެފާނު ބިމަށް އަނބުރާ ނުފޮނުއްވަވާތީ ނުވަތަ މަހްދީގެފާނު ފައުޅު ނުވާތީ ޤިޔާމަތް ދުވަސް އަދި އަވަހަކަށް ނުއަންނާނެ ކަމަށް ބަލައި މިއަދުން ފެށިގެން ޤިޔާމަތް ދުވަހާއި ދެމެދު ފީތާ އެޅަން ހުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މިރޭގެ މިބައްދަލުވުމުގައި މިތަނުގައި އަހަރެމެން ތިއްބައިވެސް މަލަކުލްމައުތު ވަޑައިގެން އަހަރެމެންގެ ފުރާނަ ހިއްޕަވައިފިނަމަ އަހަރެމެންނަށް އެއޮތީ ޤިޔާމަތްވެފައެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސް ތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اﷲގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އަލްޒުމަރު: 53)

ގިނަގިނައިން މަރުހަނދާންކުރާށެވެ! ބުއްދިވެރިންނަށް އެކަންވާނީ ޤިޔާމަތުގެ ތާޅަފިލީގެ އަޑަށެވެ. ސަލާމަތްކަން ލިބުން އޮތީ ގިނަގިނައިން މަރުހަނދާންކޮށް ތާޅަފިލީގެ އަޑު އެހިވަރަކުންނެވެ!

ތައުބާވުމަށް ދެއްވަވާފައި އޮތް މުޙުލަތުގެ ދިގުކަމަށް ނިކަން ވިސްނައިބަލާށެވެ! މަރުގެ މަލާއިކަތާ އެމީހެއްގެ ލޮލަށް ފެނުމާއި ހަމައަށް އެފުރުޞަތު ވަނީ ދެއްވަވައިފައެވެ. ޤިޔާމަތްވާން ހުޅަނގުފަރާތުން އިރު އަރަންދެން އެ ފުރުޞަތު ވަނީ ދެއްވަވައިފައެވެ. ހަމައެއާއިއެކު ކުރާ ފާފަ އެމީހާގެ ފަތުގައި މަލާއިކަތުން ލިޔުއްވަވައި ރެޑްކުރައްވަވާނީ ތައުބާވުމަށް 6 ގަޑިއިއރު ދެއްވެވުމަށްފަހުގައެވެ.

--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން