މީހުން ހައްދަވާފައި ތިބޭ ސިފައަށް ސިއްރުންވިޔަސް މަލާމާތްކުރުމަކީ އެމީހެއްގެ ފަތް ފާފަތަކުން ފުރިގެންދާނެ ކަމެއް! ގެއްލުންހުރި ނުރައްކާތެރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މީހުން ހައްދަވާފައި ތިބޭ ސިފައަށް ސިއްރުންވިޔަސް މަލާމާތްކުރުމަކީ އެމީހެއްގެ ފަތް ފާފަތަކުން ފުރިގެންދާނެ ކަމެއް! ގެއްލުންހުރި ނުރައްކާތެރި ކަމެއް!

މީހުން ތިބޭ ސިފައަށް (މާތް ﷲ އޭނާ ހެއްދެވި ސިފައަށް) މަލާމާތްކުރަން ޖެހިލުންވާ މީހަކު ނެތްކަމަށް ބުނެވޭނެ ވަރަށް އެކަން ޢާންމުވބެއްޖެއެވެ. ބައެއްފ މީޚހުން އަނެކާއަށް މަލާމާތްކުރަނީ ހިތުގައި މާބޮޑު ހަސަދަވެރިކަމެއް އޮވެގެނެއްވެސް ނޫނެވެ. އަނެއްބައިފަހަރު މަލާމާތް ކުރަނީ ރުޅި އައުމުންނެވެ. އަނެކާ ދެރަކޮށްލުމަށެވެ.

ގިނައިން މަލާމާތްކޮށް ހަދަނީ މަލާމާތް ރައްދުވާ މީހާއަށް ސއްރުންނެވެ. ކިތަންމެ ސިއްރުން މަލާމާތްކުރިނަމަވެސް އެމީހެއްގެ ފަތުގައި އެކަން ލިޔުއްވަވާނެތެވެ. ވީމާ ރައްދުވާ އެމީހާއަށް ސިއްރުކުރެވުނަސް މަލާމާތްކުރާ މީހާގެ ފަތަށް އެކަން ސިއްރެއް ނުކުރެވޭނެއެވެ.

"ޞަފިއްޔަތުގެފާނަކީ އިސްކޮޅުފުޅުން ކުރު ބޭކަނބަލެކެވެ. އެއްފަރަކު ޢާއިޝަތުގެފާނު، ޞަފިއްޔަތުގެފާނުގެ އިސްކޮޅުފުޅުކުރު ކަމަށް މަލާމާތް ރައްދުކުރެއްވިއެވެ. މިކަމާ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޯފާ އިސްކުރެއްވެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ތިޔަ ވިދާޅުވި ބަސްތައް ގެންގޮސް ކަނޑަށް އެއްލަވައިލެއްވި ނަމަ އެ ކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެއްޖައީހެވެ.] {ސުނަނު އަބޫދާއޫދު، ޙަދީޘް ނަންބަރު 4875}

މީހުން ތިބޭ ސިފައަށް މަލާމާތްކުރުމުގެ ނުބައިކަން ޙަދީޘްފުޅުގައި ބަޔާންކުރައްވަވާފައިއެވަނީ

" ބަސްތައް ގެންގޮސް (އެއޮތް ބޮޑު) ކަނޑަށް އެއްލަވައިލެއްވިނަމަ އެ (ބިޔަ، ބޮޑު) ކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެގެންދާނެ" ކަމަށެވެ.

ދެން ވިސްނައިލަންވީ އެފަދަ ބޮޑު ފާފައެއް ކުރެވުމުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށެވެ. އެއީ ޤިޔާމަތް ދުވަހުން ނޫނީ އެނގެން އޮތް ކަމެއް ނޫނެވެ. ވީމާ މިފަދަ ބަސްތައް ބުނުމުގައި ފަރުވާތެރިވަމާތޯއެވެ! އެކަން ކުރެވޭނީ އޭނާ އެސިފައިގައި އުފަންވީ އަމިއްލައަށް ނޫންކަމާއި އޭނާއަށް އެ ސިފަ ދެއްވެވީ ތިމާގެ ސިފަ ތިމާއަށް ދެއްވެވި މާތް ﷲ ކަން ޤަބޫލުކުރެވިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން