އަހުރެން ﷲ ތަޢާލާއަށް ލަދުވެތިވާކަމަށް ބުނުމަކުން ފުދޭކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަހުރެން ﷲ ތަޢާލާއަށް ލަދުވެތިވާކަމަށް ބުނުމަކުން ފުދޭކަށް ނެތް!

މީހަކާއި ދިމާއަށް ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް ލަދުވެތި ނުވަމުތޯ ސުވާލުކޮށްފިނަމަ ޖަވާބުގައި ވަރަށް ފަސޭހައިން ލަދުވެތިވާކަމަށް ބުނާނެއެވެ. މޫނުމައްޗަށް ލަދުވެތިކަން ގެންނަން މަސައްކަތްކުރަމުން އިސްދަށަށްވެސް ޖަހާލައިފާނެއެވެ. ނަމަވެސް އެވަރުން ފުދޭހެއްޔެވެ؟  

ނިކަން މިޙަދީޘްފުޅަށް ވިސްނައިލަބަލާށެވެ! ތިބާގެ ގުނަވަންތައް ޠޯހިރުކޮށް ޙައްޤު ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ލަދުވެތިނުވެވޭނެކަން ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ!  

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ. 

ތިޔަބައިމީހުން ޙައްގުގޮތުގައި اللهއަށް ލަދުވެތިވާށެވެ.  

ޞަޙާބީން ދެންނެވިއެވެ.  

اللهގެ ރަސޫލާ އެވެ. ހަމަކަށަވަރުން އަޅުގަޑުމެން اللهއަށް ލަދުވެތިވަމެވެ. اللهއަށް ޙަމްދު ކުރަމެވެ. 

ޙަދީޘް ކުރެއްވިއެވެ. 

އެޔެއް ނޫނެވެ.އެހެންނަމަވެސް ޙައްގު ގޮތުގައި الله އަށް ލަދުވެތިވުމަކީ ތިބާގެ ބޮލާއި އެޔާއި ގުޅިފައިވާ ގުނަވަންތައް ރައްކާތެރި ކުރުމެވެ. އަދި ބަނޑާއި ބަނޑާއި ގުޅިފައިވާ ގުނަވަންތައް ރައްކާތެރިކުރުމެވެ. އަދި މަރުވެ ގޮސް ފަނާވާނެކަން ހަނދާން ކުރުމެވެ. އާޚިރަތް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލާށެވެ. އެފަދައިން ކަންތައް ކޮށްފިމީހާ ޙައްގު ގޮތުގައި الله އަށް ލަދުވެތި ވެއްޖެއެވެ.

(ބޮލާއި ގުޅިފައިވާ ގުނަވަންތަކަކީ ލޮލާއި ކަންފަތާއި ދުލެވެ. ބަނޑާއި ގުޅިފައިވާ ގުނަވަންތަކަކީ ހިތާއި, ދެއަތާއި ދެފަޔާއި, ފޮރުވިފައިވާ ގުނަވަނެވެ.)

 

- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން