"ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ހެވެއް ނުވެއެވެ".: ޢުމަރުގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
"ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ހެވެއް ނުވެއެވެ".: ޢުމަރުގެފާނު

ނަމާދުކުރުމުގެ ވާހަކަ ގިނަގިނައިން ދައްކަންޖެހޭ ސަބަބަކީ ނަމާދުނުކުރާނަމަ އެމީހަކަށް ޤިޔާމަތް ދުވަހު އެއްވެސް ހެޔޮކަމެއް ނެތަތީއެވެ. ނަމާދުގެ ސުވާލުން ފޭލްވެއްޖެ މީހާގެ އެއްވެސް ހެޔޮކަމެއް ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވަވާނެތީއެވެ. 

އަޅުގަނޑުމެންގެ ތެރޭގައި ނަމާދު އަޅާފައި ތިބެން ބިރުގަންނަ މީހުން މިދަނީ މަދުވަމުންނެވެ. ނަމާދުކުރުމަކީ ތިމާ ކުރަންހުރި ހުރިހާ ކަންކަން ކޮށްފައި އެންމެ ފަހުން ކުރާ ކަންތައް ކަމުގައިވެސް ގިނަ ބައަކު ހަދައިފިއެވެ. އަދި ފަރުޟް 5 ނަމާދު ނުކުރެވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ދެކޭ މީހުންވެސް ދަނީ ގިނަވަމުންނެވެ. 

އެހެންކަމުން މިއީ އިތުރަށް ވިސްނާލަންޖެހިފައިވާ ކަމެކެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު އަލްޚައްޠާބު رضي الله عنه ވިދާޅުވެފައިވެއެވެ.

"لَا حَظَّ فِي الإِسْلامِ لِمَنْ تَرَكَ الصَّلاة މާނައީ:  " ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ހެވެއް ނުވެއެވެ".  

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ. "ގިޔާމަތްދުވަހުގައި އަޅާގެ ޢަމަލުތަކުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އޭނާގެ ނަމާދާއި ބެހޭ ގޮތުންނެވެ. އެކަން ރަގަޅުވެއްޖެނަމަ ކާމިޔާބުވެ ސަލާމަތްވީއެވެ. އެކަން ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވީއެވެ".

"ހައްދަވާގެންގުޅުއްވާ އިލާހްއެވެ! އަޅަމެންނަކީ ނަމާދު އޭގެ ވަގުތުގައި ގާއިމްކުރާ ބައަކު ކަމުގައި ލައްވާފާންދޭވެ. އަދި އަޅަމެންގެ ދަރިފަސްކޮޅަކީވެސް އެފަދަ ބަޔަކު ކަމުގައި ލައްވާފާންދޭވެ. އާމީން"

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

 

މިއަދު އޮންލައިން