"އަހުރެމެންނަކީ ދަތުރުވެރިންނެވެ. ދަތުރުގައި ހޭދަކުރަންޖެހޭނީ ކިތައް ދުވަސްކަމެއް ނުއެނގޭނެއެވެ. ކޮންމެ ވަޤުތަކުވެސް ދުނިޔޭގެ ދަތުރު ނިންމައި ބަރުޒަޚުގެ ޢާލަމަށް ފައިބަންޖެހިދާނެއެވެ.
ކައްވަޅަކީ ނުވަތަ ބަރުޒަޚުގެ ޢާލަމަކީ ތައުބާވުމަށް ފުރުޞަތުލިބޭނެ ތަނެއް ނޫނެވެ. އެންމެ ސަޖިދައެއް ކޮށްލަންވެސް ފުރުޞަތުލިބޭނެ ތަނެއްވެސް ނޫނެވެ. ތައުބާވުމާއި ސަޖިދަކުރުމުގެ ފުރުޞަތު ލިބޭނީ ހަމައެކަނި ދުނިޔޭގައެވެ.
އާދޭސްކޮށްފައި ބުނަމެވެ. އަހުރެންގެ އަޑުއަހާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ. ކޮންމެ ދުވަހަކު މަދުވެގެން 100 ފަހަރު އަސްތަޣްފާރުކުރާށެވެ. ވީހާ ގިނައިން ސަޖިދަކުރަން މަސައްކަތްކުރާށެވެ!
ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ. ބަރުޒަޚުގެ ޢާލަމަކީ ތިމާއަށްޓަކައި އުފާވެރިތަނަކަށް ހެދޭނީ އެއިރުންނެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތް ނުވެވުމަކީ ޤިޔާމަތްދުވަހުގެ ޢަޛާބުން ސަލާމަތްނުވެވިދާނެކަމުގެ ކޮޅުމައްޗެވެ. އެކަން އެގޮތަށް މެދުވެރިވެއްޖެނަމަ އެމީހަކަށް ހުރީ ނަރަކައިގެ ގަދަފަދަ ޢަޛާބެވެ.
- އިސްލާމީ ތިލަދަތުގެ ދަރުސަކުން