ނުބައިއެކުވެރިންގެ ކިބައިން ލިބޭ ގެއްލުން ނުރައްކާތެރި ޖަނަވާރުންގެ ކިބައިން ލިބޭ ގެއްލުމަށްވުރެ މާބޮޑުވާ ސަބަބު!: ޝައިޚް މާޖިދް މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނުބައިއެކުވެރިންގެ ކިބައިން ލިބޭ ގެއްލުން ނުރައްކާތެރި ޖަނަވާރުންގެ ކިބައިން ލިބޭ ގެއްލުމަށްވުރެ މާބޮޑުވާ ސަބަބު!: ޝައިޚް މާޖިދް މަޙްމޫދު

ޤިޔާމަތްދުވަހު އެންމެ ގިނަ ބައަކަށް ހިތާމަކުރަންޖެހޭނެ އެއްކަމަކީ ނުބައި އެކުވެރިން ގެންގުޅެވުނުކަމެވެ. ކަންމިހެން އޮތްނަމަވެސް ނުބައި އެކުވެރިން ގެންގުޅޭ މީހުން ވަރަށް ގިނައެވެ. އެމީހުން ވިސްނައިލާށެވެ! 

ނުބައި ޖަނަވާރެއް ތިބާއަށް ހަމަލާދިނީއެވެ. އެކަމުން ލިބޭނީ އަނިޔާއެކެވެ. ނުވަތަ މަރުވާނީއެވެ. ތިބާއަކީ ޞާލިޙް އަޅެއްނަމަ މަރުވުމުން އޮތީ އުފާވެރިަކަމެވެ. ދެއޮތީ މަރުނުވެ ސަލާމަތްވެވުމެވެ. އެއިރުވެސް ތިބާގެ ހިތް އޮންނާނީ ސަލާމަތުންނެވެ. އީމާންކަމަކަށް ބަދަލެއް ނުއަންނާނެއެވެ. ވާނީ އިތުރަށް ވަރުގަދައެވެ. 

އެއިގެ ބަދަލުގައި ނުބައި އެކުވެރިންގެ ސަބަބުން ތިބާގެ އީމާންކަމަށް ބަދަލު އައުދެއެވެ. އީމާންކަން ކުޑަވެގެންދެއެވެ. އަޅުކަމާއި ދުރުހެލިވެއެވެ. ފާފަތައް ކުރެވެއެވެ. އެކަންކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހެއެވެ. 

ދުނިޔޭގެ ދިރިއުޅުމަށް ބަލައިފިނަމަ ނުބައި އެކުވެރިންގެ ސަބަބުން އަތްމަތިހުސްވެ ފަޤީރުވެ ދަރަނިވެރިވެސްވެއެވެ. ޒަވާޖީ ޙަޔާތް ރޫޅިގެންދެއެވެ. ވީމާ ނުބައި އެކުވެރިންވެގެންދަނީ ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދާ ސަބަބަކަށެވެ. 

ދެން ނިކަން ބުނެބަލާށެވެ! ބޮޑަށް ގެއްލުން ލިބެނީ ނުރައްކައުތެރި ޖަނަވާރުންގެ ސަބަބުން ހެއްޔެވެ؟ ނޫނީ ނުބައި އެކުވެރިންގެ ސަބަބުން ހެއްޔެވެ؟ ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ އެކުވެރިންނާއިމެދު ތަންކޮޅެއް ބޮޑަށް ވިސްނާށެވެ. ނުބައި އެކުވެރިންނާއިއެކުގައި ނުއުޅޭށެވެ.

 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން