އާޚިރަތް ލިބިގަތުމަށް އެދޭމީހާ މިހަދީޘްފުޅު ގިނަގިނައިން ހަނދުމަކޮށް ބިރުވެތިވާންވީ ޒަމާން މިވަނީ ބައްދަލުކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
އާޚިރަތް ލިބިގަތުމަށް އެދޭމީހާ މިހަދީޘްފުޅު ގިނަގިނައިން ހަނދުމަކޮށް ބިރުވެތިވާންވީ ޒަމާން މިވަނީ ބައްދަލުކޮށްފަ!

ޒަމާންތައް ފާއިތުވަމުން އައިސް މިޙަދީޘްފުޅުގައިވާ ޒަމާން މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ. ސަލާމަތްކަން އޮތީ ހަމަ ރައްކައުތެރިވެތިބުމުންނެވެ.

ކައު އިތުރު ރަސޫލާ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މި ޙަދީޘްފުޅުގައިވާ ކަންކަން އެމީހެއްގެ ހަޔާތުގައި ފެނިއްޖެނަމަ ރައްކައުތެރިކަން ލިބިގަތުމަށެވެ. އެކަން ކަމާއި ކައިރިނުވެ ދުރުގައި ހުރެވޭނެ މަގެއް ހޯދުމަށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސަލާމަތްކަން އެދޭނަމަ އެއީ ކުރަންޖެހޭނެ ކަމެކެވެ. އޮތީ އެ ޙަދީޘް ބަސްފުޅަށް ޢަމަލުކުރުމެވެ.  

"ތިމަން ރަސޫލާއަށްފަހު ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި އެމީހުންނަކީ ތިމަން ރަސޫލާގެ އުންމަތުގެ މީހުން ތެރެއިން ބައަކު އެމީހުންނަކީ މުސްލިމުން ކަމަށް ބުނަމުން އެމީހުން ނަމާދުކުރާނީ ރަނގަޅަކަށް (ކުރަންވީ ގޮތަކަށް) ނޫނެވެ. އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެންނާނެއެވެ. މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެއެވެ. ނަމަވެސް އެމީހުން ކުރާ ހުވާ ނުފުއްދާނެއެވެ.  

މީސްތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދޭނެއެވެ. ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދާނެއެވެ. މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލާނެއެވެ."  

ނަމާދު ކުރުމުގައި ފަރުވާކުޑަކޮށް ކުރަންވީ ގޮތަށް ނުކުރާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅުގެ މާނައިގައި އެއްވެސް ފަރުވާލެއް ނުބަހައްޓައި އަވަސް އަރުވާލައި ކަމަކަށް ކަމެއް ކޮށްލުމުގެ އުޞޫލުން ނަމާދުކުރުން ހިމެނެއެވެ. އެހާލަތުގައި ބަނގި ގޮވާވަގުތު އަންހެންކުއްޖަކާއި ބައްދަލުކުރަން އޮތް ނަމަ ނުވަތަ ދުނިޔަވީ އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް އެވަގުތު ކުރަން އޮތް ނަމަ ދޫކޮށްލާނީ ނަމާދެވެ. ކުރާނީ ދުނިޔަވީ ފައިދާ ލިބޭނެ ކަންކަމެވެ.

މިކަންކަމުން ރައްކައުތެރިވުމަށްޓަކައި ބެލުންތައް ތިރިކުރުމާއި ނުރަނގަޅު ވާހަކަތައް އަޑު ނުއެހުމާއި މިނޫންވެސް އެކަންކަމުން ރައްކައުތެރިވެ ސަލާމަތް ވެވޭނެ ގޮތްތައް ހޯދައި ރައްކައުތެރިވުން ހިމެނެއެވެ. މިޙާލަތަށް ކަންކަން ދާއިރު މިކަންކަން ހުއްޓުވަން ބޭނުންވާ މީހާއަށް އެކަން ކުރަން ހުރަސްތައް ކުރިމަތިވާނެއެވެ. އެކަންކަމުން ސަލާމަތްވުމަށް ކުރެވޭނެ ކަންތައްތައް ވެސް ވަރަށް މަދުވާނެއެވެ. މީސްތަކުން ވަށައިލެވިފައިވާނީ ހުރިހާ ނުބައި ކަންކަމުންނެވެ.  

މިއަދު ބައެއް މީހުން ބުނާއަޑު އެބައިވެއެވެ. އިސްލާމް ދީނުގައި ހުރިހާ ކަމެއް ވަނީ ޙަރާމްވެގެންނެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ މާ ގިނަ ކަންތައްތަކެއް ޙަރާމް ކުރެވިގެންވާ ދީނެއް ނޫނެވެ. ނަމަވެސް މީސްތަކުން ކުރާ ޙަރާމް ކަންތައްތައް ގިނަވީއެވެ. 

ފާފަ ކުރުމަކީ ބޮޑުކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ދުވަސް އަންނާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ނަތިޖާއަކީ ފާފަތަކުން ސަލާމަތްވެ ހުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން އައުމެވެ. ބައެއް މީހުންނަށް ފާފަ ކުރެވޭއިރު މިކުރެވެނީ ފާފައެއްކަން އޮޅުންއަރާހިސާބަށް ފާފަކުރެވުން މިވަނީ މީސަތަކުންގެ ތެރޭގައި ޢާންމުވެފައެވެ.  

މިސާލަކަށް ދޮގުބުނުން، މަކަރުހެދުން، އޮޅުވައިލުން، ވަޢުދު ނުފުއްދުން ފާފަތަކުން ފެށިގެން ފާހިޝް ޢަމަލުތައް ކުރުމަކީ ވެސް ފާފައެއްކުރުން ކަމަށް ނުދެކެވޭ ހިސާބަށް ފާފަކުރުން މިވަނީ ޢާންމުވެފައެވެ. އިސްލާމީ ޤައުމެއްގައި 21 އަހަރުވުމުން ބަނގުރާބުއިން ހުއްދަކޮށްފައިވާއިރު އަނެއްބައި ޤައުމުތަކުގައި ކުރަނީ ކުޑަކުޑަ ޖުރުމަނާއެކެވެ. ރަލުގެ ޙައްދުނުވެސް ޖަހައެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން