ކޮންމެ ނަމާދަކަށްފަހުގައިވެސް 33 ފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު ﷲ ތަޢާލާ އެއްކައުންވަންތަކުރަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ކޮންމެ ނަމާދަކަށްފަހުގައިވެސް 33 ފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު ﷲ ތަޢާލާ އެއްކައުންވަންތަކުރަން މަސައްކަތްކުރާށެވެ!

މިއީ އަހުރެންކުރާ ވަޞިއްޔަތެކެވެ. ފަރުޟް ނަމާދަށްފަހު 33 ފަހަރު 3 ޛިކުރުކިޔާފަދައިން ނުވަތަ އެއަށްވުރެ ގިނައިންވެސް  لاَإِلَهَ إلاَّ الله ކިޔައި ﷲ ތަޢާލާ އެއްކައުވަންތަކުރަން މަސައްކަތްކުރާށެވެ! އެންމެ އިތުރުކަންބޮޑު ޛިކުރަކީ އެއީ ކަމަށްވާތީއެވެ. ﷲ ތަޢާލާ ވަނީ އެއީ އެކަލާނގެ ޙަޟްރަތުގައި އެންމެ ލިބުވެތިކަން ބޮޑު ޛިކުރުކަން މޫސާގެފާނަށް ބަޔާންކޮށްދެއްވަވައިފައެވެ.   

އަހުރެމެންނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ހުރި ގުޅުން ދަސްކުރަންޖެހޭނެއެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބެން އޮތީ އެއިރުންނެވެ.  

ޤިޔާމަތް ދުވަހުގެ ވަޤުތުތައް ގިނަވެ ޙިސާބު ބެއްލެވުން ލަސްވުމުން ކެތް ނުކުރެވިގެން މީސްތަކުން ރަސޫލްބޭކަލުންގެ އަރިހަށް ދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ކަމަކަސް އެދިވަޑައިގަންނަވަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެހެން ބޭކަލުން ޢުޛުރުވެރިވަޑައިގަންނަވާނެއެވެ.  

ޤިޔާމަތް ދުވަހު މީސތްކުންގެ މައްޗަށް ޝަފާޢަތްތެރިވެވަޑައިގަންންވާނެ ހަމައެކަނި ރަސޫލް ބޭކަލަކީ އަހުރެމެންގެ ލޮބިވެތި ނަބިއްޔާ މުޙައްމަދު (صلّى الله عليه وسلّم) އެވެ. މާތް الله ގެ إذن ފުޅު ލިބިވަޑައިގަތުމުން آخرة ދުވަހު ކީރިތި ރަސޫލާ (صلّى الله عليه وسلّم) شفاعة ތެރިވެ ވަޑައިގެން ދެއްވާނެއެވެ.  

މާތް الله ރުއްސުންލެއްވި أبوهريرة ގެ ފާނު ދެންނެވިއެވެ. قيامة ދުވަހު ކަލޭގެފާނުގެ شفاعة ގެ ސަބަބުން އެންމެ ބައްޖަވެރިވާނީ ކާކުތޯއެވެ؟  

އެ ހިނދު ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ މިފަދައިންނެވެ.  

مَنْ قَالَ لاَإِلَهَ إلاَّ الله خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِالبخارى  

މާނައީ: "އެއީ ހިތުގެ އަޑިން ނުވަތަ ނަފްސުން إخلاص ތެރި ކަމާއެކު لاَإِلَهَ إلاَّ الله ކީ މީހާއެވެ." 

ވީމާ ޝަފާޢަތަކީ  އިޚްލާޞްތެރިންނަށް ލިބޭނެ އެއްޗެކެވެ. އެކަލާނގެ އިޛްނަފުޅާލައިގެން ނެވެ. 

އިޚްލާޞްތެރިކަމާއިއެކު ކިޔުމަކީ ޢަމަލުނަ އެކަން ދެއްކުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން