ތިމާއަށް ދެރަދޭން މަސައްކަތްކުރާ މީހުންގެ މައްޗަށް ކާމިޔާބުހޯދަން ކުރެވިދާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިމާއަށް ދެރަދޭން މަސައްކަތްކުރާ މީހުންގެ މައްޗަށް ކާމިޔާބުހޯދަން ކުރެވިދާނެ ދުޢާއެއް!

މިވެނި މީހަކީ ނުވަތަ މިވެނި ބައަކީ ތިމާއަށް ޢަދާވާތްތެރިވެގެން އުޅޭ ބައަކުކަން އެނގިއްޖެނަމަ އެއީ ލެއްވެވި ރަޙްމަތެކެވެ. ސަބަބަކީ ކުރިއާލައި އެމީހުންނަށް ސަމާލުކަންދޭން އެނގުނުކަމެވެ.

ޢަދާވާތްތެރިން ތިބުމަކީ ތިބާއަށް ޚާއްޞަ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ޢަދާވާތްތެރިން ތިބޭނެއެވެ. އަނިޔާއާއި ގެއްލުންދޭން މަސައްކަތްކުރާ މީހުން ތިބޭނެއެވެ. އެެފަދަ މީހުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަމަށް އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ދުޢާ ނުކޮށް ތިބެ ރައްކައުތެރިކަމަށް އެދުމެއް ނެތެވެ.

މުހިންމީ ޢަދާވާތްތެރިން ހޯދަން ނުވަތަ އެއީ ކޮންބައެއްކަން އެނގެން މަސައްކަތްކުރުމެއް ނޫނެވެ. ސަލާމަތާއި ރައްކައުތެރިކަމަށް އެދި ދުޢާކުރުމެވެ.

މިއީ އެގޮތުން ކުރެވިދާނެ ދުޢާއެކެވެ.

ޔާ ﷲ! މިއަޅާއަށް ގެއްލުންދީ އަނިޔާވެރިވާން މަސައްކަތްކުރާ އެންމެންގެ ކިބައިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އެމީހުން ކުރާ ނުބައި ތުހުމަތުތަކާއި އަޅުވަން މަސައްކަތްކުރާ ދޮގު އިލްޒާމްތަކުން މިއަޅާ ބަރީޢަކުރައްވަވާނދޭވެ! މިއަޅާގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރާ އެންމެންގެ ކިބައިން މިއަޅާއަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ! އެމީހުންގެ މައްޗަށް މިއަޅާއަށް ނަޞްރުދެއްވަވާނދޭވެ!

އަދި މިއަޅާގެ ހިތް ޠޯހިރުކުރައްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ މަގުގައި ސާބިތުވުމުގެ ތައުފީޤް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވޮޑިގަންނަވާނޭ މަގު ދައްކައިދޭނެ މީހުންނާއިއެކު މިއަޅާ ލައްވަވާނދޭވެ! އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން