ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 8: ވައި ކިޔަމަން ކޮށްދެއްވެވުން

ކިޔުމަށް ހޭދަވާނީ 4މ 13ސ
ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 8:  ވައި ކިޔަމަން ކޮށްދެއްވެވުން

ޢަލީ އިޙްޞާން ފިރާޤް

 

ވައި ކިޔަމަން ކޮށްދެއްވުން: 

މާތްسبحانه وتعالى، سليمان عليه السّلام އަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރޭގައި އެކަލޭގެފާނަށް ވައި ކިޔަމަން ކޮށްދެއްވުން ހިމެނެއެވެ. މި ވާހަކަ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ވަނީ ބަޔާން ކުރައްވައިފައެވެ. އަންބިޔާއު ސޫރަތުގެ 81 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَ ﴿٨١

މާނައީ: [އަދި ތިމަންރަސްކަލާނގެ، سليمان ގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) خدمة ތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، بركات ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.]

މިވާހަކަ ސަބާ ސޫރަތުގެ 12 ވަނަ އާޔަތުގައި އަރަހުށި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَلِسُلَيْمَانَ الرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُ عَيْنَ الْقِطْرِ ۖ وَمِنَ الْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيرِ ﴿١٢

މާނައީ: [އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ.]

ޙަސަނުލް ބަޞަރީ ރަޙިމަހުވިދާޅުވެފައިވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހު ލިޔުއްވައިފައިވެއެވެ. [سليمان عليه السّلام ހެނދުނުގެ ވަގުތުގައި ދިމިޝްޤުން ދަތުރުފުޅު ފައްޓަވައިގެން إصطخر އަށް ވަޑައިގެން މެންދުރުގެ ފަރީއްކޮޅު ނަންގަވައެވެ. އެއަށްފަހު إصطخر ން ފުރާވަޑައިގެން ދަތުރުފުޅު ކުރައްވައިވަޑައިގެން ކާބުލްގައި ރޭކުރައްވައެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 344}

އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހު ވިދާޅުވަފައިވެއެވެ. ދިމިޝްޤުން އަސްތަޚާރަށް ހަލުވި ސަވާރީއެއްގައި ދެވޭވަރުވަނީ އެއް މަސްދުވަހުންނެވެ. إصطخر ން ކާބުލްއަށް ހަލުވި ސަވާރީއެއްގައި ދެވޭވަރުވަނީ އެއް މަސްދުވަހުންނެވެ.] ޝައްކެއް ނެތްގޮތުގައި މިދެންނެވުނީ ދުނިޔޭގައި މާތް އެއްވެސް ރަސްކަލަކަށް ދެއްވައިފައިނުވާ ނިޢުމަތެކެވެ

މިއަދު އޮންލައިން