އެކުގަ އުޅެފަ ދެބަސްވެގެން ތިބޭ މީހުންނާ ވާހަކަދައްކަން އުޅުނަސް އެކަން ނުކުރެވެނީ ޝައިޠޯނާ ހުރަސްއަޅާތީ! ޝައިޠޯނާ މަސައްކަތް އެކުރަނީ ތިބާ ނަރަކައަށް ވައްޓާލަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
އެކުގަ އުޅެފަ ދެބަސްވެގެން ތިބޭ މީހުންނާ ވާހަކަދައްކަން އުޅުނަސް އެކަން ނުކުރެވެނީ ޝައިޠޯނާ ހުރަސްއަޅާތީ! ޝައިޠޯނާ މަސައްކަތް އެކުރަނީ ތިބާ ނަރަކައަށް ވައްޓާލަން!

އަހުރެން މިރޭ ބަލައިލާނީ 2 ޙަދީޘްފުޅަކަށެވެ. މި 2 ޙަދީޘްފުޅަށް ސަމާލުކަން ނުދެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ނުލިބިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.  

މިއަދަކު ދެރަ މީހަކު ނެތެވެ. ކޮންމެ މީހަކުވެސް ދެކެނީ އެމީހާއަކީ މޮޅު މީހާ ކަމަށެވެ. އެހެންކަމުން މާފަށް އެދެން ޖެހޭ ޙާލަތުގައި މާފަށް އެދުން މިވަނީ ގނަބައަކު ކުރަން ވަރަށް ލަދުގަންނަ ކަމަކަށްވެފައެވެ. އެހެންކަމުން މިކިޔައިދެނީ ކުރިމަތިވެދާނެ ވަރަށް ނުރައްކާތެރި، ވަރަށް ގެއްލުންހުރި ޙާލަތުތަކުގެ ވާހަކައެވެ.  

މިސާލކަށް އެކުގައި އުޅެމުން އައި ދެމީހެކެވެ. ކޮންމެވެސް ކަމަކާއިމެދު ހިތް ހަމަނުޖެހިގެން މިއަދު ވަކިވީ ޒުވާބުކޮށްފައެވެ. އެތަނުން އެކަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ބޭނުންވީ އެކުވެރިޔާއަށް ގުޅައި މާފަށް އެދޭށެވެ! ގުޅަން ފޯނު ނަގާއިރަށް ހިތަށް އަރަނީ ތަފާތު ވާހަކަތަކެކެވެ. 

"އޭނާ ރުޅި އައިސްގެން ހުރި ނަމަވެސް ވާނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ނަމާދުކުރަމެވެ. ޞަދަޤާތްކުރަމެވެ. ރޭ އަޅުކަން ކުރަމެވެ. އަހަރެންގެ ފާފަތައް ﷲ ފުއްސަވައި ދެއްވަވާނެތެވެ. އެކުވެރިޔާ ދެކެ ރުޅި އައިސްގެން ހުރުމަކީ ވަރަށް ކުޑަކުޑަ ފާފައެކެވެ. އެވަރުގެ ކުޑަކުޑަ ފާފައަކާއިހުރެ އަހަރެން ދެރަވެ ކުޑަކަކޫ ޖަހަންވީ ކީއްކުރަން ހެއްޔެވެ؟"  

އެތައް ފަހަރެއްގެ މަތިން ގުޅަން އުޅުމުންވެސް ހިތަށް އަރަނީ ހަމަ މިފަދަ މޭރުމަކުންނެވެ. ނުގުޅައި ފޯނު ބޭއްވެނީއެވެ.  

މީސްތަކުންނޭވެ! މިމޭރުމުން އެ ވިސްނައިދެނީ ހަމަ ޝައިޠާނާއެވެ! ކުޑަކުޑަ ކަމެއް ކަމަށް ތިބާއަށް އެ ވިސްނައިދެނީ ވަރަށް ބޮޑު ކަމެކެވެ. އެކަމެއްގެ ސަބަބުން ތިބާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ވަރުގެ ކަމެކެވެ.  

ވިސްނާށެވެ! އަހަރެމްނެ ކުރާ އަމަލުތަކުގެ ފަތް، ﷲ ތަޢާލާގެ ޙަޟްރަތަށް ހަފްތާއަކު ދެ ދުވަހު އުފުލެއެވެ. އެއީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކުއެވެ. މަލާއިކަތުން ފަތް ހުށަހެޅުއްވެވުމުން ﷲ ތަޢާލާ އިރާދަކުރއްވަވާ އަޅުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވަތެވެ. 

އަބޫ ހުރައިރާ ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވަތެވެ. އަދި ﷲ ތަޢާލާއަށް ޝަރީކު ނުކުރާ އެންމެންނާއި ދެމީހަކު ދެބަސްވެ ރުޅިވުމަށްފަހު އެކުވެރިނުވާ ދެމީހުން ފިޔަވައި އެހެން އެންމެންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވަތެވެ. އެދެމީހުން އެކުވެރިވަންދެން އެމީހުންގެ މައްސަލަ ލަސްކުރުމަށް ﷲ ތަޢާލާ އަންގަވަތެވެ."  

Abu Huraira reported it as a marfu' hadith (and the words are):

The deeds are presented on every Thursday and Monday and Allah, the Exalted and Glorious. grants pardon to every person who does not associate anything with Allah except the person in whose (heart) there is rancour against his brother. It would be said: Put both of them off until they are reconciled.  

ވީއިރު ދެބަސްވެ ދެބަސްވުންމަތީގައި ދެމިތިބުމަކީ ކުޑަކަމެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ތިބާގެ ފާފަ ފުއްސަވައި ދެއްވެވުން ފަސްކުރެވިފައިވަނިކޮށް ތިބާ މަރުވެއްޖެ ނަމަ ދެން ވާނީ ގޮތް އެއީ ކުޑަކަމެއް ކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ތިބާގެ ފާފަ ފުއްސވައި ދެއްވެވުން ފަސްކުރެވިފައި އެވަނީ ތިބާ ހަމަ ހުރިހައި އަޅުކަމެއް ކުރަމުން ގެންދަނިކޮށެވެ. ހަމައެކަނި އަޚާ އާއިމެދު އޮތް ރުޅިވެރިކަން ޙައްލު ނުކުރާތީއެވެ. ލޮބުވެތި ކަނބަލުންނޭވެ! މިއީ ތިއަ ކަނބަލުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. ވަރަށް ކުދިކުދި ކަންކަމުގައިވެސް ރުޅިވެރިކަން ހިތުގައި އެބަ ބާއްވަމުއެވެ. ކޮންމެވެސް ޒަމާނެއްގައި ތިބާ ހިތްކިޔަމުން އައި ފިރިހެނަކާއި ކައިވެނި ކުރީތީ އެ އަންހެން މީހާ ދެކެ އަންނަ ރުޅި މުޅި އުމުރަށް އެބަ ބާއްވަމުއެވެ.  

އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުން ހިތުގައި ރުޅިވެރިކަން ބާއްވައި ބޭރުފުށުން މަތިއޮމާން ކުރުމަކުން މި ޙަދީޘްފުޅަށް އަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ. މާނައަކީ އެކުވެރިވި ކަމަކަށް ނުވާނެއެވެ. އެހެނީ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ބޭރުފުށުގެ އަމަލުތަކަކަށް ނޫނެވެ. ހިތަށެވެ. ވީމާ ހިތުގެ އަޑިން މާފުކޮށް އެކުވެރިވާން އެބަ ޖެހެއެވެ.

Abu Khirash al-Sulami reported: The Prophet, peace and blessings be upon him, said,

“Whoever boycotts his brother for a year, it is as if he has shed his blood.”

Source: Sunan Abī Dāwūd 4915  

ވަރަށް ގިނަ ޢިލްމުވެރިން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "މީހަކު އޭނާގެ އަޚާ އާއި ގުޅުން ކަނޑާލައިގެން އަހަރު ދުވަހު ހުރެއްޖެ ނަމަ އެއީ އޭނާގެ ލޭ އޮހޮރުވުން ފަދަ ކަމެކެވެ."  

މާނައަކީ އެމީހަކު މަރައިލުން ނުވަތަ ޤަތުލުކުރުން ފަދަ ކަމެކެވެ. ވީމާ އެއްވެސް މީހަކާއިމެދު ރުޅިވެރިކަން ނުބާއްވާށެވެ. މިގޮޅިއަށް ފެތިދާނެއެވެ. އެއިރުން ތިބާގެ އަތުން އެއްވެސް މީހެއްގެ ގައިން ލޭ ނުއޮހޮރި ނަމަވެސް ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ތިބާއަކީ އެތައް ބައެއްގެ ލޭ އޮހޮރުވި މީހަކަށްވެދާނެއެވެ. އެތައް ބައަކު މެރި މީހަކަށްވެސް ވެދާނެއެވެ.  

ވީމާ ރުޅިވެރިކަމާއި ރުޅިމަތީގައި ދެމިތިބުމުގެ ބިރުވެރިކަމާއިމެދު ވިސްނާށެވެ! އެންމެންގެ މައްޗަށް ހިތުގެ އަޑިން ހިތް ހަލާލުކޮށްގެން އުޅޭ މީހަކަށްވާށެވެ!

 

- އަލީ ހައްމުދާގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން