ކޮންމެ ކަމެއް ކުރިމަތިވިޔަސް ޙައްލުހޯދަން މަސައްކަތްކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކޮންމެ ކަމެއް ކުރިމަތިވިޔަސް ޙައްލުހޯދަން މަސައްކަތްކުރަން އެންމެ ފައިދާހުރި ގޮތް-

ކަންކަން ކުރިމަތިވުމުން ޢަމަލުކުރަންވީ އެންމެ ރަނގަޅު ގޮތް ދެނެގަންނާނީ ކިހިނެއްކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. މިއަދުވެސް އެފަދަ ސުވާލެއް ލިބިފައި އޮތުމުން ދަންނަވާލަމެވެ.

ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ.

ދިރިއުޅުމުގެ ތަފާތު ކަންކަމާ ކުރިމަތިލާނެ އެންމެ ފުރިހަމަ ނަމޫނާއެއް ދޫކުރެއްވި ބޭކަލަކީ އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم އެވެ. އެކަން ވަނީ މާތް ﷲ ކީރިތި ޤުރުއާނުގައި ކަށަވަރު ކޮށްދެއްވާފައެވެ.

އެހެންކަމުން، ތިބާއަށް ކަމެއް ކުރިމަތިވުމުން، މާތް ނަބިއްޔާ صلى الله عليه وسلم އެފަދަ ޙާލަތެއްގައި ކަންތައް ކުރައްވާފައި ވަނީ ކިހިނެއްތޯ ހޯދައި ބަލާށެވެ. ސުންނަތަށް ފުރިހަމަ ގޮތުގައި ތަބާވުމަކީ އެއީއެވެ. ޤުރުއާނަށް ފުރިހަމަ ގޮތުގައި ތަބާވުމަކީ އެއީ އެވެ. ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން ވަނީ އެކަމުގައެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން