އިސްތަށްޓާ ނިޔަފަތްޗާ ކުޑަކުދިންގެ ފޫޅު ވެއްޓޭބައި ނައްތައިލާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިސްތަށްޓާ ނިޔަފަތްޗާ ކުޑަކުދިންގެ ފޫޅު ވެއްޓޭބައި ނައްތައިލާނެ ގޮތް-

"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކުޑަދަރިފުޅުގެ ފޫޅު ވެއްޓުމުން އެބަޔާއި، ކަނޑާފައި ހުންނަ ނިޔަފައްޗަކީ އަދި ބޮލުން ކޮށާ ނުވަތަ ބާލާ އިސްތައްޓަކީ ވަޅުލާން ޖެހޭ ތަކެތި ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ދަލީލެއް ނެތެވެ.

އެހެންކަމުން، ކުނިވަށިގަނޑަށް ލައި އެއްލާލިޔަސްވެސް މައްސަލަ އެއް ނެތެވެ.  

ކުއްޖާގެ ޢުމުރުން 7 ދުވަސްވާ ދުވަހު ބޯބޭލުމަށް ފަހުގައި އިސްތަށީގެ ބަރުދަނަށްވާ ރިހީގެ އަގުން ޞަދަގާތް ކުރާނީއެވެ." والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ސަމާލުކަންދޭންވީ ހަށިގަނޑުން ވަކިކުރެވޭ މިފަދަ ބައިތަކުން އެއްވެސް މީހަކަށް އެއްވެސް އުނދަލެއް ނުފޯރާނެ ގޮތަށް ނައްތައިލުމަށެވެ. ތަންތަނަށް އުކާފައި ނުބެހެއްޓުމަށެވެ. ޚާއްޞަކޮށް އިސްތަށްޓަށް ސަމާލުކަންދޭން ޖެހޭނެއެވެ. އެއީ ސިޙުރު ހެދުމަށް ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

 

މިއަދު އޮންލައިން