އެއްވެސް މީހަކާއި ދިމާއަށް ކަލެއަކީ މުނާފިޤެއްކަމަށް ބުނާކަށް ނެތީމެވެ. ނމަވެސް -- ވާހަކަ ދައްކައިފިނަމަ ދޮގު ނަހަދަނީކާކުހެއްޔެވެ؟ ވަޢުދެއް ވެއްޖެނަމަ ޚިލާފުނުވަނީ ކާކުހެއްޔެވެ؟
ޢަހުދެއްވެއްޖެނަމަ ޣަދަރުވެރިނުވަނީ ކާކު ހެއްޔެވެ؟ ދެބަސްވެއްޖެނަމަ ޙައްގުން އެއްކިބާ ނުވަނީ ކާކު ހެއްޔެވެ؟ ޔަޤީނަށް އެނގެނީ މިކަންކަމުން ސަލާމަވްެ ތިބީ މަދު ބައަކު ކަމެވެ.
ހަތަރު ޞިފައެއް ހުރެއްޖެ މީހާ އެއީ މުނާފިގެކެވެ. ނުވަތަ އެމީހެއްގެ ކިބައިގާ މުނާފިގު ކަމުގެ ޞިފައެއް ހުރި މީހެކެވެ. އެމީހަކު އެކަމެއް ދޫކޮށްލުމަށް ދާންދެނެވެ
- ވާހަކަ ދައްކައިފިނަމަ ދޮގު ހަދާނެއެވެ.
- ވަޢުދެއް ވެއްޖެނަމަ ޚިލާފުވާނެއެވެ.
- ޢަހުދެއްވެއްޖެނަމަ ޣަދަރުވެރިވާނެއެވެ.
- ދެބަސްވެއްޖެނަމަ ޙައްގުން އެއްކިބާވާނެއެވެ.
( އަލްބުޚާރީ 2459, މުސްލިމް 58.)
ހިތް ނުރުހުނަސް ބުނަން ޖެހެނީ މި 4 ސިފަ، ނުވަތަ މި 4 ސިފައިން ބައެއް ސިފަ ނެތް މީހުން ވަރަށް މަދުވެއްޖެއެވެ. ވީމާ އެމީހެއްގެ ކިބައިގައި މިއިން އެއްވެސް ސިފައެއް ހުރިނަމަ އަވަހަށް އެކަމުން ސަލާމަތްވާށެވެ! އަދި މި ސިފަތައް ހުންނަ މީހުންނާއި ދުރުހެލިވާށެވެ!
މުނާފިޤުން ނަރަކައިގައި ތިބޭހުށީ އެންމެ ގަދަފަދަ ޢަޛާބުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން