މަސައްކަތް ބުރަވެ އަނބިމީހާއަށް ލޯބިނުދެވޭ ފިރިން ނިކަން މިޙާދިސާ ކިޔާލަބަލަ! އެފަދަ ފިރިންގެ އަނބިން އެމީހުންގެ ފިރިންނަށް ކިޔައިދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަސައްކަތް ބުރަވެ އަނބިމީހާއަށް ލޯބިނުދެވޭ ފިރިން ނިކަން މިޙާދިސާ ކިޔާލަބަލަ! އެފަދަ ފިރިންގެ އަނބިން އެމީހުންގެ ފިރިންނަށް ކިޔައިދީބަލަ!

ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަތާ 3 އަހަރުފަހުން އަނބިމީހާއަށް ބޮޑެތި ބަދަލުތަކެއް އަންނަންފެށިއެވެ. ވާހަކަދެއްކުން މަދުކުރިއެވެ. އެކަނި އިންނަ ވަޤުތު ގިނަކުރިއެވެ. ކިރިޔާވެސް ލަސްވެލައިފިނަމަ އިންތިޒާރުނުކޮށް ނިދަން ފެށިއެވެ.  

މިކަންކަން ފިރިމީހާއަކަށް ބަލައެއް ނުގަނެވުނެވެ. ވިސްނަމުންގޮސް އެންމެ ފަހުން ނިންމީ އަނބިމީހާ ލޯބިވެރިއަކު ހޯދީކަމަށެވެ. ނަމަވެސް މައްސަލައަކަށްވީ އެފަދަ އެއްވެސް ކަމެއް އަނބިމީހާގެ ކިބައިން ނުފެންނަކަމެވެ.

އެއްރޭ ކައިނިމިގެން ދެމީހުން ސޯފާގައި ވަރަށް ގާތުގައި ތިބެގެން އަނބިމިހާއާއި ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އަނގައިން ސުވާލުކުރާނެ ހިތްވަރެއް ނުލިބުނެވެ. އެހެންވެ މިހައި ބޮޑު ބަދަލެއް އައީ ކީއްވެގެންތޯ ސުވާލުކޮށް މެސެޖެއް ފޮނުވުމުން އަނބިމިހާދިން ޖަވާބުން ފިރިމީހާގެ ކަރު ދިއައީ އެލިގެންނެވެ.  

"ލޯބިވާ ފިރިމީހާއެވެ! ނިކަން ބުނެބަލާށެވެ! އަހުރެންނަށް ކުރިން ދެމުން އައިވަރަށް އެބަ ސަމާލުކަންދެވޭ ހެއްޔެވެ؟ އެއީ ތިބާ މިހާރު އަހުރެންދެކެ އެވަރަށް ލޯބިނުވާތީ ނޫންހެއްޔެވެ؟ އެކަމަކުވެސް އަދިވެސް އަހުރެން ކެތްތެރިމިވަނީ މިހަށިގަނޑު އެހެން މީހެއްގެ ގައިގައި ބީއްސުވަން ބޭނުންނުވާތީއެވެ. އެހެން ފިރިހެނަކަށް ބަލައިލަންވެސް ބޭނުންނުވާތީއެވެ. އެހެންވެ އަހުރެން މިމަސައްކަތްކުރަނީ ތިބާގެ ކިބައިން ލޯބިނުލިބުނަސް ވަކިނުވެ އެކުގައި އެކުގައި އުޅެވޭނެ ގޮތެއް ދަސްކުރާށެވެ!"  

ފިރިމީހާއަށް ބުނެވުނެވެ! "އެއީ އެއްވެސް ޙާލެއްގައި ލޯބިވާވަރު ކުޑަވެގެން ވީކަމެއް ނޫނެވެ. ކުންފުނީގެ ކަންކަމަށް ވިސްނަން ހަދައިގެންވީގޮތެކެވެ." އަނބިމީހާ ބުންޏެވެ. "ގޭގައި ހުންނަ ވަޤުތުކޮޅު އަހުރެންނަށް ލޯބިނުދިނުމަކީ ކުންފުނީގައި ހުރި މައްސަލަތައް ޙައްލުކުރެވޭނެ ސަބަބެއްނަމަ މިހާރަށްވުރެވެސް ބޮޑަށް ދުރުހެލިވާށެވެ! އަހުރެން އެދެނީ ތިބާގެ މައްސަލަތައް ޙައްލުވެ އުފަލުގައި ހުރެވުމަށެވެ!"  

ފިރިމީހާ ތަޅުންގަނޑަށް ފައިބައި އަނބިމީހާގެ ދެފައިތިލައިގައި އަތްލާފައި ބުންޏެވެ. "އަހުރެންނަށް މާފުކުރާށެވެ! އިޞްލާޙްކުރާނަމެވެ. އަހުރެންނަށް މިކުރެވުނީ ބޮޑުކުށެކެވެ. ތަކުރާރެއް ނުކުރާނަމެވެ."  

މިފަދަ ޙާދިސާތައް ހިނގަނީ މަދަކުން ނޫނެވެ. ފައިދާކުރާނީ ވިސްނައި ޢިބްރަތް ޙާޞިލުކުރި މީހަކަށެވެ. ޤަބޫލުކުރާށެވެ! ހެޔޮލަފާ އަނބިން ބޭނުންވާނީ ތަނަވަސްކަމެއް ނޫނެވެ. އެމީހުންނަށް ލިބެންޖެހޭ ލޯތްބާއި އަޅައިލުން ލިބުމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިންގެ ބަހަކީ ކޮބައިތޯއެވެ؟

 

 

މިއަދު އޮންލައިން