ޤިޔާމަތް ދުވަހު އެންމެ އުފާކުރާނީ ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުން! މިއިން ސިފައެއް ތިބާގެ ގައިގަ އެބަހުރިތަ؟

ކިޔުމަށް ހޭދަވާނީ 4މ 7ސ
ޤިޔާމަތް ދުވަހު އެންމެ އުފާކުރާނީ ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުން! މިއިން ސިފައެއް ތިބާގެ ގައިގަ އެބަހުރިތަ؟

ޢާއިޝަތު ރަފާޙް ޢަލީ

 

މިބަޔާންކުރާ ޙަދީޘްފުޅުގައިވާ ސިފަތަކުގެ ތެރެއިން ސިފައެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ މީހުންގެ ތެރޭގައި ހިމެނުމަށްޓަކައެވެ. ޤިޔާމަތްދުވަސް ޔަޤީންކަމާއިއެކު ކާމިޔާބުކުރެވޭ މީހަކަށްވުމަށްޓަކައެވެ. އިން ޝާ ﷲ 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ “ متفق عليه 

މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ (އެއީ) އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”. 

މި ހަދީޡުން ލިބޭ ބައެއް ފައިދާ:

·      ޒުވާން ޢުމުރުގައި އަޅުކަމުގައި ހޭދަކުރުމުގެ މުހިއްމުކަން

·      އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މުހިއްމުކަން

·      ޤިޔާމަތް ދުވަހަށް ތައްޔާރުވުން

·      ﷲ އަށްޓަކައި މީހުން ދެކެ ލޯބިވުން

·      ފާޙިޝް ޢަމަލަކަށް ދަޢުވަތު ދިނުމުން އެކަމަށް އިންކާރު ކުރި މީހުންނަށް ހުރި ދަރުމަ

·      ޞަދަޤާތް ކުރުމުގެ މުހިއްމުކަން

މިއަދު އޮންލައިން