ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އެންމެ ފަސޭހައިން ކުރެވެން އޮތް އަދި އެންމެ ފައިދާހުރި ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އެންމެ ފަސޭހައިން ކުރެވެން އޮތް އަދި އެންމެ ފައިދާހުރި ޢަމަލު-

ތިބާގެ ދިރިއުޅުމުގެ ކަންކަން އިޞްލާޙްކޮށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވޭހެއްޔެވެ؟ ޖަވާބަކީ އާނކެވެ ކަމަށްވާނަމަ ފަހަތުން ކުރަން އޮތް ސުވާލަކީ އެކަން ކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ކޮންކަމެއް ކޮށްގެން ހެއްޔެވެ؟ 

ތިބާގެ ޖަވާބު އެނގޭނީ ތިބާއަށެވެ. އަހުރެންގެ ޖަވާބަކީ އެކަން ކުރެވޭނީ ޤުރްއާނުންނެވެ. ޤުރްއާން ކިވަ މާނަ އެނގިގެންނެވެ؟ އެއީ ކީއްވެގެން ކަމާއިމެދު ކުރެވޭ ސުވާލުގެ ޖަވާބަކީ ޤުރްއާނަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ކަމުގައިވާކަމެވެ. އިންސާނުން ދުނިޔޭގައި އުޅެން އޮތް ގޮތް އަންގައިދޭ ފޮތް ކަމަށްވާތީއެވެ. 

މީހަކު އިޞްލާޙްވާންޖެހޭ ސަބަބުތަކާއި އިޞްލާޙްވާން ކުރަންވީ ކަންކަން ކީރިތި ޤުރްޢާނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވަވައިފައެވެ. އަދި ޢަމަލުކުރުމުން ކުރާނެ ފައިދާވެސް ވަނީ ވަޙީކުރައްވަވައިފައެވެ. އެކަންކަން ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގުމަށްވުރެ ފައިދާހުރި ގޮތަކީ ކޮބައިހެއްޔެވެ؟ އެގޮތެއް ނުއޮންނާނެއެވެ. ނުވެސް ހޯދޭނެއެވެ. 

ކީރިތި ޤުރްއާން ކިޔަވަން ވަޤުތު ހޭދަކުރާ ފަދައިން މާނަކިޔައި އޮޅުންފިލުވަންވެސް ވަޤުތު ހޯދަންމިޖެހެނީ އެސަބަބަށްޓަކައެވެ. އެއިގެ އިތުރުން ޤުރްއާނުގެ މާނަ އެނގުމަކީ ﷲ ތަޢާލާ އާއި ތިމާ އާއިދެމެދުގައި އޮންނަ ގުޅުން އެންމެ ބޮޑަށް ބަދަހިވެގެންދާނެ ކަންތަކެވެ. 

އަހުރެމެންގެ އަޚްލާޤާއި ދިރިއުޅުމުގެ ކަންކަން މިހައި ދަށުދަރަޖައަށް ވެއްޓިގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ޤުރްއާނާއި ދުރަށް ޖެހިލެވުމެވެ. ގޮތްބަލައިލަން ނަމަވެސް ޤުރްއާނާއި ގާތަށް ނިކަން ޖެހިލައިބަލާށެވެ! މާނަ އުނގެނެން މަސައްކަތް ފަށައިބަލާށެވެ! ދިރިއުޅުމުގެ ހުރިހާ ކަންކަމަށްވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނަތަން ފެނިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން