ދުވަހަކުވެސް ވަކިނުވެ ދެމަފިރިންނަށް ޢުމުރަށް އެކުގައި ތިބެވޭނެ ހަމައެކަނި ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުވަހަކުވެސް ވަކިނުވެ ދެމަފިރިންނަށް ޢުމުރަށް އެކުގައި ތިބެވޭނެ ހަމައެކަނި ކަންތައް!

ދެމަފިރިން އެކުގައި އެއްވައުފަށަކުން ބަނދެވި އެކަތިގަނޑެއްގެ ގޮތުގައި ހިފހައްޓުވާ ބާރަކީ އަންހެނާގެ ރީތި އެބަނދެވުން މޮހެވި ދެމީހުން ވަކިވެފައެވެ. ސުވާލަކީ އެހެންކަމަށްވާއިރު ދެމަފިރިން އެކުގައި ހިފަހައްޓައިދޭ ބާރަކަށް ހަދަންޖެހޭނީ ކޮންކަމެއް ހެއްޔެވެ؟ އެބާރަކީ ކޮބައިހެއްޔެވެ؟ 

މިސުވާލުގެ ޖަވާބު އެކިމީހުން އެކިގޮތަށް ދީފާނެއެވެ. ނަމަވެސް އަހުރެންގެ ޖަވާބަކީ ދެމަފިރިން ވަކިނުވެ އެކުގައި ހިފަހައްޓައިދޭނެ އެންމެ ބޮޑުބާރަކީ ދެމީހުންގެ އަމިއްލަ ހުރިހާ ކަންކަމެއްގެ ކުރިއަށް އާޚިރަތް ދުވަސް ނެރުން ކަމަށެވެ. މާނައަކީ ދެމީހުންނަކީވެސް އާޚިރަތް ހޯދަން އެކުގައި މަސައްކަތްކުރާ ދެމީހުންކަމުގައިވުމެވެ. 

މިހެން މިބުނާ ސަބަބަކީ ދުނިޔަވީ ގޮތުން ބޭނުންވާ ކޮންމެ ކަމަކަށްވެސް ކޮންމެ ވަޤުތަކުވެސް ބަދަލުއަތުވެދާނެއެވެ. މިޘާލަކަށް ބުނާނަމަ އެކަކު އެންމެ ބޮޑަށް ބޭނުންވާ އެއަކަމަކީ ދެމީހުން އެކުގައި އެއްދާންކުރުން ކަމަށްވެއްޖެނަމަ ދިމާވާ ގޮތަކުން ނުވަތަ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެއީ އެހައި މުހިންމުކަމަށް ނުވެ ހިނގައިދާނެއެވެ. ދެމީހުން އެކުގައި ބޭރަށް ދިއުން ފަދަ ކަމެއް ނަމަވެސް ބޭރަށްދާން ފޫހިވެ ގޭގައި ގިނަ ވަޤުތު ހޭދަކުރަން ބޭނުންވުމަށް ބަދަލުވެދާނެއެވެ. މިހެންގޮސް ދުނިޔަވީ ކޮންމެ ކަމަކީ ބަދަލުވެދާނެ ކަމެކެވެ. 

ނަމަވެސް ތިމާ މެންނަކީ ތަޤްވާވެރިންކަމުގައިވެ އާޚިރަތް ހޯދަން މަސައްކަތްކުރާނަމަ އެކަމަކީ ދިރިތިބިހައި ދުވަހަކު އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. ދިރިތިބިހައި ހިނދަކު އެކަމަށް މަސައްކަތްކުރާނެއެވެ. ވީމާ ދެމީހުން ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. 

ކޮންމެވެސް ދުވަހަކުން މަރުވެ ދެމީހުން ވަކިވާނެއެވެ. މިބުނި މަގުން އުޅެފިނަމަ މަރުވުމަކުންވެސް ދެމީހުން ވަކިވުމެއް ނެތެވެ. ޤިޔާމަތް ދުވަހު ބައްދަލުވެވި ދާއިމަށް އެކުގައި ސުވަރުގޭގައި ތިބެވޭނެއެވެ. އިން ޝާ ﷲ  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން