އިންސާނާގެ ލޭ ހުއްދަވާ 3 ކަންތަކުން އެއްކަމަކީ ޒިނޭކުރުން- އެކަމަކު މިއަދުގެ ޙާލަތު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިންސާނާގެ ލޭ ހުއްދަވާ 3 ކަންތަކުން އެއްކަމަކީ ޒިނޭކުރުން- އެކަމަކު މިއަދުގެ ޙާލަތު އެނގޭތަ؟

ޒިނޭކުރުމާއިމެދު ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. މާނައިގައި ޒިނޭކުރާ ހިތްވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވެތިބުން ހިމެނެއެވެ. ނަމަވެސް މިއަދު ގިނަ ބައަކަށް އެންމެ ގިނައިން ކުރެވޭ އެއްކަމަކީ ޒިނޭކުރާހިތްވާނެ ކަންކަމެވެ. އެހެންވެ އަތުގައި އޮންނަ ފޯނުންވެސް އެންމެ ގިނައިން ކުރެވޭ އެއްކަމަކަށްވެފައި އޮންނަނީ އެކަމެވެ. 

ވަކި ޤައުމެއް އިސްތިސްނާކުރެވޭކަށް މިއަދަކު ނެތެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް ޒިނޭކުރުން މިވަނީ ޢާންމުވެފައެވެ. އިސްލާމީ މުޖުތަމަޢުތަކުގައިވެސް އަންނަނީ ޢާންމުވަމުންނެވެ. ގިނަ މީހުން ޒިނޭކުރަނީ އެއީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން ނުވެސް އެނގިތިބެއެވެ. 

މުސްލިމް ޤައުމުތައް ކަމަށް ބުނާ ބައެއް ޤައުމުތަކުގައި ގޭގައިގެންގުޅޭ ނޯކަރު އަންހެނާ އާއި ފިރިމީހާ ޒިނޭކުރަނީ އަނބިމީހާއަށް އެނގިގެންނެވެ. އެކަމަށް ހުރަސް ނުވެސް އަޅައެވެ. ކީއްވެގެންކަން އެނގޭނީ އެބައަކަށެވެ. އެނގޭކަމަކީ އެކަން ޢާންމުވެފައިވާ ކަމެވެ.   

ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ކައިވެނި ނުކޮށް ތިބެ ޒިނޭކުރާ މީހުންނަށްވުރެ ގިނައީ ކައިވެނިކޮށްގެން ކައިވެނިމަތީގައި ތިބެ ނުވަތަ ވަރިވެގެން ތިބެ ޒިނޭކުރާ މީހުންނެވެ. ހަމައެންމެ ސުވާލެކެވެ! މިޙަދީޘްފުޅު އެނގުމުންވެސް ހަމަ ޒިނޭކުރާނަން ހެއްޔެވެ؟ 

"3 ކަމަކުން މެނުވީ މުސްލިމުން ގެ ލޭ ހުއްދަވެގެނެއް ނުވެއެވެ. އެއީ ކައިވެންޏަށްފަހު ޒިނޭ ކުރާ މީހާއެވެ. އަދި ނަފްސަކަށް ނަފްސެކެވެ. (އެބަހީ، މީހަކު މެރުމުން މަރުގެ ޙުކުމް ޤާއިމުކުރެވޭ މީހާއެވެ.) އަދި (މުރުތައްދުވެ) ދީން ދޫކޮށް، މުސްލިމުންގެ ޖަމާޢަތާއި ވަކިވެގަންނަ މީހާއެވެ.

(ޞަޙީޙް ބުޚާރީ، ޞަޙީޙް މުސްލިމް)

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން