ދުނިޔެއާ އާޚިރަތް ބާއްޖަވެރިވުން އެދޭމީހާ ކުރަން އެންމެ ފައިދާހުރި ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދުނިޔެއާ އާޚިރަތް ބާއްޖަވެރިވުން އެދޭމީހާ ކުރަން އެންމެ ފައިދާހުރި ދުޢާ-

އިންސާނާގެ ޢުމުރުގައި އޭނާއަކީ ވަރަށް ޕްރޮޑަޓިވް، ވަރަށް އުފެއްދުންތެރިމީހަކަށް ވުމަށްޓަކައި އޭނާގެ ޢުމުރު އެއީ ބަރަކާތް ލެއްވިގެންވާ ޢުމުރެއް ކަމުގައިވުން ވަރަށް މުހިންމެވެ.  އެޢުމުރުގަ އޭނާއަށް ގިނަ ކަންތައްތަކެއް ކުރެވޭނީ އެއިރުންނެވެ. 

އެހެންވީމާ، ޢުމުރުގައި ބަރަކާތް ލެއްވުމަށްޓަކައި، އެންމެ މުހިންމު ކަމަކީ الله سبْحَانهُ وَتَعالَى  ގެ حضرة ން ޢުމުރުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރުމެވެ.  

اللَّهُمَّ بَارِكْ لَنَا فِىْ أَوْقَاتِنَا وَ أَعْمَارِنَا  

ޔާ ﷲ! އަޅަމެންގެ ވަޤުތުތަކުގައްޔާއި، އަޅަމެންގެ ޢުމުރުތަކުގައި، ބަރަކާތް ލައްވާނދޭވެ! 

"އެއީ ބަރަކާތް މިލިބެނީ الله سبْحَانهُ وَتَعالَى ގެحضرة ން އެކަނި. އެހެންވީމާ، اللَّهُمَّ بَارِكْ لَنَا فِىْ أَوْقَاتِنَا وَ أَعْمَارِنَا  ޔާ ﷲ! އަޅަމެންގެ ވަޤުތުތަކުގައްޔާއި، އަޅަމެންގެ ޢުމުރުތަކުގައި، ބަރަކާތް ލައްވާނދޭވެ!  

މިފަދަ ޢިބާރާތަކުން ބަރަކާތަށް އެދި ބަރަކާތް ލިބުމަށް އެދި  الله سبْحَانهُ وَتَعالَى  ގެ حضرة  ގައި ދުޢާ ކުރުމަކީ އެއީ ބަރަކާތް ލިބިގަތުމަށްޓަކައި މީހާ ކުރަންޖެހޭ އެންމެ ފުރަތަމަ ކަންތަކެވެ.

- ޝައިޚް މުޙައްމަދު ޝާފިޢު 

މިދުޢާއަކީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުން އެދިގެން ކުރަން އެންމެ ފައިދާހުރި ދުޢާކަމަށްވެގެންދަނީ އާޚިރަތް ލިބިގަތުމަށްޓަކައި ކުރަންޖެހޭ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރެވޭނީވެސް ވަޤުތުގައި ބަރަކާތް ލެއްވެވުމުން ކަމަށްވާތީއެވެ. ގިނައިން ފުރުޞަތު ލިބިގެންކަމަށްވާތީއެވެ.

މިއަދު އޮންލައިން