ތިމާއަށާ އަނބިދަރިންނަށާ މައިންބަފައިންނަށް ސުވަރުގެ ވަންނަން އެއްވަރަށް މަސައްކަތްނުކުރެވުނަސް ސުވަރުގެ ޙައްޤުވެއްޖެނަމަ އެއްތަންކޮށް ދެއްވަވާނީ މަތީ ދަރަޖައިގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިމާއަށާ އަނބިދަރިންނަށާ މައިންބަފައިންނަށް ސުވަރުގެ ވަންނަން އެއްވަރަށް މަސައްކަތްނުކުރެވުނަސް ސުވަރުގެ ޙައްޤުވެއްޖެނަމަ އެއްތަންކޮށް ދެއްވަވާނީ މަތީ ދަރަޖައިގަ!

އަޅުގަނޑަށް އަޅުކަންކުރެވެނީ ވަރަށް މަދުންނެވެ. މަންމައާއި ބައްޕަ އަދި އަނބިމީހާ މާގިނައިން އަޅުކަންކުރެއެވެ. ވީމާ ސުވަރުގެއިން ދެއްވަވާ ދަރަޖަ ތަފާތުވެގެންދާނެއިރު އެންމެންނަށް ބައްދަލުވެވޭނެތަ؟ މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. 

ސުވާލުގެ ޖަވާބު: 

އަހުރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެ ތިމާއެކަނި ސުވަރުގެ ވަންނަން މަސައްކަތްކުރުމެއް ނޫނެވެ. އަނބިދަރިންވެސް ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރުމަށެވެ. އެހެންވެ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ހާމަވެގެންދާ ކަމެއްގެ ވާހަކަ ބުނެލަން ހެއްޔެވެ؟ 

މިޘާލަކަށް ޢާއިލާ އެކުގައި ސުވަރުގެ ލިބިގަންނަން މަސައްކަތްކުރީއެވެ. އެކިމީހުންނަށް މަސައްކަތްކުރެވުނީ އެކިވަރަށެވެ. އެހެންވެ އެއްބައަކަށް ލިބުނީ ސުވަރުގޭގެ މަތީ ދަރަޖަތަކެވެ. އަނެއް ބައަކަށް ލިބުނީ ތިރީގެ ދަރަޖަތަކެވެ. 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ސުވަރުގޭގައި ޢާއިލާ އެއްތަން ކުރައްވަވާނެ ކަމަށް އޮންނަ ބަސްފުޅާއިގުޅިގެން ތިރީގެ ދަރަޖަތަކުގައި ތިބި މީހުންނާއި ބައްދަލުކުރަން މަތީދަރަޖަތަކުގައި ތިބި މީހުންނަށް ތިރިއަށް ފައިބާކަށް ނުޖެހޭނެއެވެ. ތިރީގައި ތިބި މީހުން މައްޗަށް އުފުއްލަވައިދެއްވަވާނީއެވެ.  

އަދިވެސް އިތުރަށް ތަފްޞީލްކޮށްލާނަމެވެ. މަންމަ އާއި ބައްޕައަށް އަޅުކަންކުރެވުނުވަރު ގިނަވީމާ ދެއްވެވީ ސުވަރުގޭގެ މަތީ ދަރަޖަތަކުން ދަރަޖައެކެވެ. ދަރިންނަށް އަޅުކަންކުރެވުނުވަރު މަދުވީމާ ލިބުނީ ތިރިން ދަރަޖައެކެވެ. މިޙާލަތުގައި ޢާއިލާ އެއްތަންކޮށްދެއްވަވަން ބައިން ބަފައިން ތިރިއަށް ގެންނަވާނީއެއް ނޫނެވެ. ދަރިން މައްޗަށް އުފުއްލަވައި ދެއްވަވާނީއެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން  

މިވާހަކަފުޅުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި:

--މައިންބަފައިން ގިނައިން އަޅުކަންކުރުމުން ދަރިންނަށްވެސް އެކަމުގެ ފައިދާކުރާނެކަން-

--ދަރިންނަށް ފުރަތަމަކަމަކަށް އޮތީ ސުވަރުގެ ވަންނަން މަސައްކަތްކުރުންކަން-

--ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ޙައްޤުވާ މީންވަރުން ކިތަންމެ ކުޑަމިންވަރެއްވެސް އުނިނުކުރައްވަވާނެކަން- ދީލަތިވަންތަކަމުން އިތުރުކޮށްދެއްވަވާނެކަން-

މައިން ބަފައިން މުސްކުޅިވެ އަޅުކަމުގައި ތިބެންޖެހޭ ދުވަހު އެމީހުންނަށް ބުރަޖައްސުވައި އަޅުކަންކުރަން ދަތިކުރުވާ ދަރިން، ނުވަތަ އަޅުކަންކުރަން މަގުފަހިކޮށްނުދޭ ދަރިން ބިލާލް އައްސަދުގެ ބަސްފުޅަށް ވިސްނައިލުން ވަރަށް މުހިންމުކަންވެސް ފާހަގަކުރެވެއެވެ.

 

 

 

 

މިއަދު އޮންލައިން