ތިމާއަށް އެންމެ ފައިދާކުރާނެ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާއަށް އެންމެ ފައިދާކުރާނެ ކަންތައް-

ފުރަތަމަކަމަކަށްވެސް އެއްވެސް މީހަކު ދެރަކޮށް ނިކަމެތިކޮށްނުލާށެވެ! މީސްތަކުންނަށް އެހީތެރިވެދޭށެވެ. އެއިރުން އެމީހަކަށް ލިބެންހުރި ދަރުމަ މާބޮޑުވާނެއެވެ. އުފާވެރިކަމާއި ތަނަވަސްކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ތިބާ މީހަކު ބާރުވެރިކުރުވައިފިނަމަ ﷲ ތަޢާލާ ތިބާ ބާރުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ތިބާ މީހަކަށް އެހީތެރިވެދޭށެވެ. ﷲ ތަޢާލާ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ 

- ތިބާ މީހަކަށް ތަނަވަސްކަމެއް ލިބޭނެ ދޮރެއް ހުޅުވައިދޭށެވެ (ތަނަވަސްކަން ލިބޭނެ މަގެއް ފަހިކޮށްދޭށެވެ.) ﷲ ތަޢާލާއަށް ތިބާއަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ތިބާ މީސްތަކުންނަށް ޤަދަރުކޮށް އިޙްތިރާމްކުރާށެވެ! ﷲ ތަޢާލާ ތިބާގެ ޤަދަރު މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

މީހަކު ކަނޑައެޅިގެން މުންކަރާތްތައް ފަތުރާނަމަ އެމީހަކަށް ވާގިވެރިވެ، އޭނާގެ ޤަދަރު އުފުލިގެންދާނެ ކަންކަން ކުރާކަށް ނުބުނެއެވެ. އެފަދަ މީހުންނަށްވެސް ރިވެތިގޮތުގައި މުޢާމަލާތުކޮށް އޭނާ ކުރާ ނުބައިކަންކަން ކުރުން ހުއްޓާލަން ނަޞޭޙަތްދޭށެވެ. އަދި އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! 

އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. މީސްތަކުންނަށް ރަޙުމްކޮށް އޯގާތެރިވުމަށެވެ. އެކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ. 

ދެން އޮތީ އެންމެ އުފާވެރި ޚަބަރެވެ. ނުވަތަ އެންމެ އުފާވެރި ވާހަކައެވެ. އެހެން މީހުންނަށް އެހީތެރިވެ، މީސްތަކުންނަށް ކަންކަން ލުއިފަސޭހަކޮށްދީ، އެހެން މީހުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރުންމަތީގައި ދެމިހުރިހައި ހިނދަކު އެމީހާގެ ބޭނުންތައް ފުއްދަވައިދެއްވެވުންމަތީގައި ﷲ ތަޢާލާ ދެމވޮޑިގެންވެއެވެ. ވީމާ އެއަށްވުރެ ފައިދާހުރި ކަމެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން