އަހަންނަށް ހުރިހާ ކަމެއް ގޯސްކޮށް ދިމާވަނީ ކީއްވެ؟ ހިތްތަކަށް އަލިކޮށްދޭނެ ހަނދާންކޮށްދިނުމެއް: ޑރ. ޢުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 3މ 39ސ
އަހަންނަށް ހުރިހާ ކަމެއް ގޯސްކޮށް ދިމާވަނީ ކީއްވެ؟ ހިތްތަކަށް އަލިކޮށްދޭނެ ހަނދާންކޮށްދިނުމެއް: ޑރ. ޢުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

ތިބާއަށް މި ހާލަތު މެދުވެރިވީ ކިހިނެއް ހެއްޔެވެ؟ އަދި އެމީހުންނަށް އެ ހިސާބަށް ދެވުނީ ކިހިނެއް ހެއްޔެވެ؟ އެކަމަކާ ކުރިމަތިލާންވެސް ނުކުޅެދޭހާ ވަރުބަލިވެފައި ހުންނައިރު، މައްސަލައެއް ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެންމެ ރަނގަޅު ގޮތުގައި ހޯދަން މަސައްކަތްކުރި ނިޢުމަތްތައް އެހެން މީހުންނަށް ލިބެމުންދަނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު، ދުޢާ ކުރުމުން ފިލައިގެން ހިނގައިދާނެ ކަމަށް ބުނި ހުރިހާ މައްސަލަތަކެއް ކުރިމަތިވެފައިވަނީ ތިބާއަށެވެ. ތިބާ ބޭނުންވިފަދަ ދިރިއުޅުމެއް އެހެން މީހަކަށް ލިބެނީ ކީއްވެ ހެއްޔެވެ؟ އަބަދުވެސް ތިބާއަށް ދެރަގޮތް ދިމާވަނީ ކީއްވެ ހެއްޔެވެ؟ 

ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. إن العبد ليهم بالأمر من التجارة والإمارة حتى ييسر له ހަމަކަށަވަރުން، ﷲގެ އަޅާ ދުނިޔެވީ ކަމަކަށް، މިސާލަކަށް ވިޔަފާރިއަކަށް ނުވަތަ ވެރިކަމަކަށް އެދި އެކަމެއް އޭނާއަށް ފަސޭހަވެއްޖައުމަށް ދާންދެން މަސައްކަތް ކުރެއެވެ." ދެން އެކަން އޭނާއާ ހަމައަށް އަންނަ ވަގުތު، فينظر الله إليه فيقول للملائكة اصرفوه عنه "ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް ބައްލަވާވޮޑިގެން، މަލާއިކަތުންނަށް ވަޙީކުރައްވައެވެ. 'އެކަން އޭނާގެ ކިބައިން ދުރުކުރައްވާށެވެ.'"

فإنه إن يسرته له أدخلته النار فيصرفه الله عنه "އެހެނީ، ތިމަންއިލާހު އެ ނިޢުމަތް އޭނާއަށް ދެއްވައިފިނަމަ، އޭނާ ނަރަކައަށް ވައްދަވަން ޖެހިވަޑައިގަންނަވާނެއެވެ." މާނައަކީ، މި ނިޢުމަތުގެ ސަބަބުން އޭނާ ޣާފިލްވެ، އެ ޣާފިލްކަމުގެ ނަތީޖާއެއްގެ ގޮތުން ނަރަކައަށް ދާންޖެހޭނެއެވެ. فَيَصْرِفُهُ عَنْهُ "ދެން، އެއިލާހު އެކަން އޭނާގެ ކިބައިން ދުރުކުރައްވައެވެ." 

މިހާރު އެމީހާއަށް ވަނީ ކިހިނެއް؟ فيظل يتطير بقوله سبني فلان وأهانني فلان وما هو إلا فضل الله عز جل  "ދެން އޭނާ އެކަމާ ހިތާމަކޮށް، 'އެހެން މީހަކު އަހަންނަށްވުރެ ކުރި ހޯދައިފި، މިވެނި މީހަކު އަހަންނަށްވުރެ ކުރިއަރައިފި' މިހެން ބުނެ ބުނެ ހުރެއެވެ. އެކަމަކު ހަޤީޤަތުގައި އެއީ އޭނާގެ މައްޗަށް ﷲ ޢައްޒަ ވަޖައްލަ ދެއްވި ފަޟްލުވަންތަކަމެއްކަން ނޭނގެއެވެ." 

މި ރިވާޔަތުން އަހަރެން ތިބާގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ބަޔަކީ، އަޅާގެ ހެވާއި ލާބައަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމެއް އޭނާއަށް ނުދެއްވާކަމުގެ ވާހަކައެއް ނޫނެވެ. އެއީ ހަމަ އެކަން ﷲ ތަޢާލާ އެހެން މީހަކަށް ދެއްވުމާއި، އެކަން ތިބާއަށް ފެންނަން އޮތުމެވެ. އަދި ތިބާގެ ކަންކަމަށް އެހެން މީހަކު ހުރަސް އަޅައި، ތިބާއަށް ލިބެންޖެހޭ އެއްޗެއް އެމީހަކު ހޯދީއޭ ތިބާގެ ހިތަށް އެރިދާނެއެވެ. 

އަދި އެކަން ޚާއްޞަކޮށް ވޭންދެނިވި ކަމަކަށް ވެގެންދަނީ، އެ ނިޢުމަތް ލިބުނު މީހަކީ ކުރިން ތިބާއަށް އަނިޔާއެއް ދިން މީހަކަށް ވެއްޖެނަމައެވެ. ތިބާގެ ދިރިއުޅުން އެހެން މީހަކު އުޅޭހެން ނުވަތަ ތިބާ ހޯދި ކަންކަމުގެ އުފާ އެހެން މީހަކު ލިބިގަންނަހެން ހީވެދާނެއެވެ. 

ކޮންމެ ޖީލެއްގައިވެސް، ފަސޭހަ ދިރިއުޅުމަކަށް ވަރަށް ބޮޑަށް ޙައްޤުވާ ފަދަ މީހުން ތިއްބެވެ. އެކަމަކު، ތާރީޚު ބިނާކުރުމަށްޓަކައި އެމީހުންނަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އަނެއްކޮޅުން، އެ މަސައްކަތުގެ މޭވާ އެހެން ބަޔަކަށް ފަސޭހަކަމާއެކު ލިބި، އެމީހުންގެ ނުބައި ޚުލްޤު ހުރި ނަމަވެސް، އުފާވެރި ދިރިއުޅުމެއް އުޅުނެވެ.

 

 

                   

މިއަދު އޮންލައިން