ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަމުން މިދާ ކަންކަމަށް މުސްލިމުން މާބޮޑަށް މާޔޫސްނުވެ ޘާބިތުވެލާށެވެ! އަހުރެން މިހެން ބުނިކަމަށް ހެކިވާންތިބޭށެވެ! މިއުޅެނީ ތަފާތު ފެށުމެއްގެ ފެނުން ފެންނާށެވެ! އިން ޝާ ﷲ
ދުނިޔޭގެ ތާރީޚަށް ބަލާށެވެ! ފިރިއަޢުނުގެ ބާރުގަދަވެ އޭނާގެ ޙައިޞިއްޔަތު އޭނާއަށް އޮޅިގެން ދިއުމުން އޭނާ ނޫން ކަލަކުވާކަން ނުއެނގޭކަމަށް އޭނާ ބުނި ނޫންހެއްޔެވެ؟ އޭނާގެ ނިމުން އައީ ކިހިނަކުން ހެއްޔެވެ؟
އަދިބުނަން ހެއްޔެވެ؟ ޤިޔާމަތްވުން ގާތްވެގެން އަންނަހިނދު ފުލުފުލުގައި ޢަލާމާތްތައް ފެނިގެންދާނެކަން އެނގޭ ޙަދީޘްފުޅުވެސް އެބައޮތް ނޫންހެއްޔެވެ؟ ނަމަވެސް އަދި މިއަދު މިފެންނަނީ އެފަދަ ޢަލާމާތެއް ނޫނެވެ.
މިއަދު މިހިނގާ ކަންކަމުގެ ނަތީޖާ ފެނިގެން އަންނާނެ ގޮތް ޚިޔާލަށްވެސް ނުގެނެވޭނެއެވެ. އޮތީ ހިތްވަރުކޮށްލާފައި ޘާބިތުވެލުމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
މިއީ ޝައިޚް ވިދާޅުވެފައިވާ ވަރަށް މާނަފުން ބަސްކޮޅެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ގެއްލުންދީ އިސްލާމް ދީނަ ނިކަމެތިކުރަން އެކުރާ މަސައްކަތްތައް އަދި ކާމިޔާބުނުކުރެވޭނެ ކަމުގެ މެސެޖެވެ. މުސްލިމުންނަށް ނަޞްރުލިބި އުފާވެރިކަން ލިބޭނެ ކަމުގެ މެސެޖެވެ. އިން ޝާ ﷲ