ދަރިފުޅަކީ ބަސްމަދު ކުއްޖަކަށްވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިއަށް މައިންބަފައިން ދޭންޖެހޭ ފަރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދަރިފުޅަކީ ބަސްމަދު ކުއްޖަކަށްވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިއަށް މައިންބަފައިން ދޭންޖެހޭ ފަރުވާ!

ފުރަތަމަ ބޮޑެތި މީހުންނަށް ވިސްނައިލާށެވެ! ޢާންމުކޮށް މަދުން ވާހަކަ މީހަކު ކުއްލިއަކަށް ގިނައިން ވާހަކަދައްކަން ފަށައިފިނަމަ އެއީ އޭނާގެ އެކުވެރިންގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އެމީހުން އޭނާއާއި ގިނައިން ވާހަކަދައްކަތީ އެސިފަހަރުލަނީއެވެ. ކުރިއަށްވުރެ އަނގަ ގަދަވަނީއެވެ.  

ތަޖުރިބާއިން އެނގޭގޮތުގައި ވާހަކަ ދައްކަން ފަސްޖެހޭ ކުދިން، ގިނައިން ވާހަކަދައްކާ ކުދިންނާއިއެކުގައި އުޅްން ފެށުމުން ހެޔޮ ބަދަލުތަކެއް އައުދެއެވެ. ވާހަކަ ދެއްކުން ގިނަވެއެވެ. އަދި މައިންބަފައިންވެސް އެފަދަ ކުދިންނާއި ވާހަކަދެއްކުން ގިނަކުރުމަކީވެސް ކުއްޖާއަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމެކެވެ. 

އަދި ޢާންމުކޮށް ގިނައިން ވާހަކަދައްކާ މީހަކު ކުއްލިއަކަށް ވާހަކަ ދެއްކުން މަދުކޮށްލައިފިނަމަ އެއީ އޭނާއަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމުގެ ޢަލާމާތެކެވެ. ޢާއިލާގެ ތެރެއިންވެސް އަދި އެކުވެރިންވެސް އޭނާއަށް ކުރިމަތިވި މައްސަލަ ދެނެގަނެ އެހީތެރިވާން މަސައްކަތްކުރަންވާނެއެވެ. އެގޮތަށް އެކަން ނުކޮށް އަޅާނުލައި ދޫކޮށްލައިފިނަމަ އެމީހަކު މާޔޫސްކަމުގެ ތެރެއަށް ވަދެގެންދެއެވެ. އެޙާލަތުގައި އެމީހާގެ ދިރިއުޅުމަށްވެސް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.  

ބަސްމަދުކުރުމަށާއި ޢަމަލުގިނަކުރުމަށް އޮންނަ ބަހުގެ މާނަ އޮޅުވާލައިގެން ނުވާނެއެވެ. ބަސްމަދުކުރުމަކީ އެއްވެސް ޙާލެއްގައި އެމީހަކު ދައްކަންޖެހޭ ވާހަކަ ނުދައްކައި ހުރުމެއް ނޫނެވެ. ބޭކާރު ވާހަކަ ނުދެއްކުމެވެ. ތިމާ އާއި ނުބެހޭ، ގުޅުން ނެތް ކަންކަމުގެ ވާހަކަ ނުދެއްކުމެވެ.  

ބައެއް ދެމަފިރިންގެ މެދުގައި ބޭކާރު ގޮތުގައި މައްސަލަތައް ކުރިމަތިވާ އެއް ސަބަބަކީވެސް ދެމީހުންގެ މެދުގައި ދައްކަންޖެހޭ ވާހަކަ ނުދެއްކުމެވެ. މަޝްވަރާކުރަންޖެހޭ ކަންކަމަށް މަޝްވަރާ ނުކޮށް ތިބުމެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހަކު ދައްކަންޖެހޭ ވާހަކަތައް ދައްކަންޖެހޭނެއެވެ. ދިރިއުޅުން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ އެއިރުންނެވެ.  

ދަރިންގެ ބަސްމަދުނަމަ ގިނަ މީހުން އަވަސްވެގަންނަނީ ކޮންމެވެސް ޑޮކްޓަރެއްގެ ގާތަށް ދިއުމަށެވެ. ނުވަތަ ރުޤްޔާކުރުމަށެވެ. އެކަންކަން ނުކުރަން ބުނަނީއެއް ނޫނެވެ. ނަމަވެސް އެއިގެ ކުރިން މިބުނި މަގުން މަސައްކަތްކޮށްލުން ބުއްދިވެރިއެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން