ސައުދީ އަރަބިއްޔާއަށް އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އަލްމަނާސިކް ޖަމާޢަތުގެ ޙަވާލުގައި ޢުމްރާއަށް ދިޔަ މ. ސައްކެޔޮމާގެ، އުމުރުން 60 އަހަރުގެ މުހައްމަދު އިމްތިޔާޒް އެވެ. އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
އަލްމަނާސިކް ގްރޫޕުން ބުނި ގޮތުގައި، އިމްތިޔާޒަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ ނިޔާވެފައެވެ. އޭނާ ނިޔާވުމާ ގުޅިގެން ކަމާބެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ މައްކާގައި ހަށިގަނޑު ވަޅުލައިފައެވެ.
މި ދުވަސްވަރަކީ ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހިން މައްކާއަށް ގޮސް އުޅޭ ދުވަސްވަރެކެވެ.