1992 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި އިންޑިއާ ގުޅިގެން ހިންގަމުން އަންނަ "އެކްސަރސައިޒް ދޯސްތީ" ތަމްރީނު ބުރުގެ 14 ވަނަ ބުރު މާދަމާ ރާއްޖޭގައި ފަށާނެއެވެ.

މިހާރު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންޑިއާ އާއި ރާއްޖެ އަދި ސްރީ ލަންކާ ގުޅިގެން ކަމަށްވާތީ ސްރީ ލަންކާ އިން ވެސް ވަނީ ތަމްރީނުތަކަށް މަނަވަރެއް ފޮނުވައިފައެވެ. މިފަހަރުގެ ތަމްރީނު ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ ކަނޑުފޭރުމާއި ކަނޑުތައް ތަޣައްޔަރުވުމާއި އަދި ސަލާމަތާއި ރައްކާތެރިކަން ބެލެޖެއްޓުމުގެ އިތުރު ތަމްރީނު ހޯދުމަށެވެ.

"އެކްސަރސައިޒް ދޯސްތީ 14" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު އިސްލާމީ މަރުކަޒުގައެވެ. އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާނީ 27 އަދި 28 ވަނަ ދުވަހު އެވެ.