އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ކެމްޕެއިންގެ 18 ވަނަ ނަސީބުވެރިއަކަށް ސ. ހިތަދޫ، އަމްސަދު ނަޖުމީ ހޮވިއްޖެއެވެ. މި ލަކީޑްރޯގެ ދަށުން އަމްސަދު ނަޖުމީއަށް ލިބިފައިވަނީ އުމްރާ ދަތުރެކެވެ. އޭނާގެ ބަދަލުގައި އިނާމާ ހަވާލުވެފައިވަނީ އިގްބާލް އަލީއެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މިހާތަނަށް 18 ފަރާތަކަށް އުމްރާ ދަތުރު ލިބިފައިވާއިރު، ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކެމްޕެއިންގެ އެންމެ ބޮޑު އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 20 ވަނަ ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް ދެ މީހުންގެ ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނުގައި އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އެގޮތުން މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދެއްކުމުން، ރީޗާޖު ކުރުމުން ނުވަތަ އެޑް-އޮން އެއް ބޭނުންކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެއެވެ. އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ފުރުސަތު ލިބެނީ 400 ރުފިޔާއިން މަތިން ބިލް ދައްކައިގެން ނުވަތަ ރީޗާޖުކޮށްގެންނެވެ.
ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އުރީދޫ އިން ވަނީ ރާއްޖޭގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އުރީދޫ އިން ހާމަކުރި ގޮތުގައި މި ކެމްޕެއިނަކީ އެ ކުންފުނީގެ ކާމިޔާބީގެ ހިއްސާދާރުން ކަމަށްވާ ކަސްޓަމަރުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ore.do/liveunlimited ލިންކް މެދުވެރިކޮށް ލިބޭނެއެވެ.