ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހަސް ކުރިމަތި ނުލެއްވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބަދުއްލަޠީފް މަޖިލީހަށް ހުށަހެޅުއްވި ބިލް ނަގަން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ލަޠީފަށް އަންގައިފިއެވެ.
ޖޭޕީޖީގެ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ އެ އިޞްލާޙް ހުށަހެޅީ ޖޭޕީޖީގައި މަޝްވަރާ ނުކޮށް ކަމަށާއި ނަގަން އެންގީ އެ އިޞްލާޙްގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދުގެ އަސާސީ ޙައްގެއް ގެއްލިގެނަދާތީ ކަމަށެވެ.


ލަޠީފް އެންމެ ފަހުން ސޮއިކުރައްވިކަން އެނގިފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. ނަމަވެސް ލަޠީފް ގެންދަވަނީ އަލަށް އުފެދޭ ޕާޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ގެންދަވާތީ ލަޠީފް މިހާރު ހުންނެވީ ކޮންޕާޓީއެއްގައިކަން ކަށަވަރެއް ނުކުރެވެއެވެ.