މަޖިލިސް އިންތިހާބަށް 26 މެމްބަރުންގެ ޤައުމީ ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި

ކިޔުމަށް ހޭދަވާނީ 57ސ
މަޖިލިސް އިންތިހާބަށް 26 މެމްބަރުންގެ ޤައުމީ ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި

މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 26 މެމްބަރުންގެ މައްޗަށް އެކުލެވޭ ޤައުމީ ލަފާދޭ ކޮމިޓީއެއް އިލެކްޝަންސް ކޮމިޝަނުން މިއަދު އެކުލަވާލައިފިއެވެ.

އީސީން ބުނެފައިވާ ގޮތުގައި، އެކޮމިޓީގައި ހިމެނޭނީ ރާއްޖޭގައި ރެޖިސްޓްރީވެފައި ހުރި ކޮންމެ ސިޔާސީ ޕާޓީއަކުން މެމްބަރަކާއި، އިލެކްޝަންސް ކޮމިޝަންގެ ފަސއ މެމްބަރުންނާއި، ދައުލަތުގެ ކަމާ ގުޅުންހުރި ކޮންމެ މުއައްސަސާއެއްގެ މެމްބަރެއްގެ އިތުރުން ޚާއްސަ ކުރެވިފައިވާ ދެ ޖަމިއްޔާއަކުން މެމްބަރުން ކަމުގައެވެ.

އެކޮމިޝަންގެ މެމްބަރު އަދި ޗީޕް ސްޕޯކްސްޕާސަން އަހުމަދު އަކުރަމް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ޤައުމީ ލަފާދޭ ކޮމިޓީގައި އަލްށް ހިމެނުމަށް ނިންމާފައި ވަނީ އަންހެނުންނަށް ހާއްސަކުރެވިފައިވާ ޖަމިއްޔާއެއްގެ މެމްބަރަކާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ޖަމިއްޔާއެއްގެ މެމްބަރެއް ކަމަށެވެ.

އީސީއިން ބުނިގޮތުގައި މަޖިލިސް އިންތިހާބަށް ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

މިއަދު އޮންލައިން