ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމް މިއަދު ސްޕްރީމް ކޯޓުން ބާޠިލުކުރި ކުރުން ވެގެން ދިއައީ އެތައް ސަތޭކަ ބައަކު އުފަލުން "ރޮއްވައިލި" ކަމަކަށެވެ.
ޝަރީޢަތް ނިމިގެން ކޯޓުން ރައީސް ނަޝީދު ނުކުމެވަޑައިގަތްއިރު ސަރަހައްދަށް އެއްވެފައި ތިބި އެއްބައަކު ތިބީ އުފަލުން ހެވި ބަސް ހުއްޓިފައެވެ. ގިނައީ އުފަލުން "ރޮވިފައި" ތިބި މީހުންކަން ފާހަގަކުރެވުނެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ ސަޕޯޓް އެންމެ ބޮޑު ލީޑަރެވެ. ގިނަ ބައަކު ބުނަމުން އައީ ރައީސް ނަޝީދަކީ ޓެރަރިސްޓަކަށް ހަދައި ކްރިމިނަލް ކޯޓުން ކުރި ޙުކުމަކީ ޙައްޤު ޙުކުމެއް ނޫން ކަމަށެވެ. އަދި އެއީ ޢަބްދުﷲ ޤާޟީ ހައްޔަރުކުރުމުން ވެސް ކުރެވިގެންވާނެ ޙުކުމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ފުރަތަމަ އުފުލި ދައުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދަނިކޮށް އެއިރުގެ ޕީޖީ މުހުތާޟް މުޙްޞިން މައްސަލަ އަނބުރައި ގެންގޮސް، ރައީސް ޔާމީނު ބޭނުންފުޅުވި ގޮތަށް ޓެރަރިޒަމްގެ ދައުވާ އަކަށް ބަދަލުކޮށް އަލުން ދައުވާ ކުރުމުން އެއީ ޤާނޫނާއި ޚިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެ ފުރަތަމަވެސް ކަންބޮޑުވުން ފައުޅު ކުރެއްވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އެވެ. ޤާސިމް އިބްރާހީމް ދިރިހުންނަވަނިކޮށް ފެންފޮދަކާއިވެސް ނުލައި "ދިރުވައިލުމުގެ" މަސައްކަތް ރައީސް ޔާމީނު ފެށްޓެވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީކަން ވަނީ ފާހަގަކުރެވިފައެވެ.