ސިއުޒާ
ކަކުލުގައި، ބުރަކަށީގައި އަދި ހުޅުހުޅުގައި ރިއްސާތޯ؟ ނުވަތަ ސިޑިން އަރަން އުނދަގޫވެ ކަކުލުހުޅާ ކޮނޑު ހުޅުގައި ރިއްސާތޯ؟
އެހެންކަމަށްނަމަ މި ރެސިޕީ މީ ތިބޭފުޅުންނަށް ހާއްސަ ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
1 ކެރެޓް
1 ވައް ދޮންކެޔޮ
ކިރު ފޮދެއް
1 ސަމުސާ ރީނދޫ
ރަހަ ހެޔޮވަރުކުރުމަށް ޢަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައުމަކީވެސް މައްސަލައެއް ނޫނެވެ.
ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
ހަފްތާއަކު ތިން ފަހަރު މި ބޯލާށެވެ. އިސާހިތަކު ރިހުންތައް ފިލައިގެން ހިނގައިދާނެއެވެ.
- މަޢުލުމާތު: ޞިއްޙީ ޚަބަރު