ސިއުޒާ
ބޭނުންވާނެ ތަކެތި:
3 ލުނބޯ
3 ލޮނުމެދު
1 ސައި ސަމުސާ މުގުރި ފޮނިތޮށި
500 މލ ފެން
ލުނބޯ ރަނގަޅަށް ދޮވެލުމަށްފަހު ތޮށްޓާއި އެކު ބޮޑެތިކޮށް ކޮށާލާށެވެ. ބޭނުންވަނީ ހުތް ފެލާކަށް ނޫނެވެ. ލުނބޯގެ ތޮށްޓަކީ ލުނބޯގެ އެންމެ ބާރުގަދަ ބައެވެ.
ލޮނުމެދު ތޮށި ނޮޅާލުމަށްފަހު ނުކޮށާ ހުރިގޮތަށް ބަހައްޓާށެވެ. އޭރުން މި މިކްސްޗާގައި ރަހަ އެއްވަރެއްގައި ބެހެއްޓޭނެއެވެ.
ހުރިހާ އެއްޗެއް އެއްކޮށް ތަށްޓަކަށް އަޅާލާށެވެ. އަދި ފޮނިތޮށިކޮޅު ވެސް އަޅާލުމަށްފަހު ކުޑަކޮށް އެއްކޮށްލާށެވެ. އެއަށްފަހު ހުރިހާ އެއްޗެއަށް ތެއްޔަކަށް އަޅާލާށެވެ. އަދި ފެން ފޮދު ވެސް އަޅާލާށެވެ. އަދި ރަނގަޅަށް ކައްކާލާށެވެ. ރަނގަޅަށް ކެކުމުން މަތި ޖަހާލުމަށްފަހު ބަހައްޓާލާށެވެ. ކޮންމެވެސް ވަރަކަށް ހިހޫވުމުން ފުރާނާލާށެވެ. އަދި ދުވާލަކު ދެ އިރު މި ފެން ބޯލާށެވެ.
ލިވާރ ސާފުކޮށްލުމަށް ހަމަ އެންމެ ފައްކާ އެއްޗަކީ ލުނބޯއެވެ. ލުނބޯއިން މަޑުމަޑުން ގިނަ ދުވަހުން ޖަމާވެ ރައްކާކުރެވިފައި ހުންނަ ފެޓްގެ ބައި ފުނޑުފުނޑު ކޮށްލައެވެ. އަދި އިންފްލެމޭޝަން ދަށް ކޮށްދިނުމާއި އެކު ޑައިޖެސްޓަންގެ ބައި ރަނގަޅު ކޮށްދެއެވެ. އަދި މީގެ އިތުރުން ލޭވެސް ސާފުކޮށްލަދެއެވެ.
ސާކިޔުލޭޝަންސް އަށް ލޮނުމެދަކީ ވަރަށް މުހިއްމު އެއްޗެކެވެ. ޓޮކްސިންސް ދަށްކޮށްދީ ލިވާގެ މަސައްކަތްތަކަށް ލޮނުމެދު އެހީތެރި ވެދެއެވެ.
ފޮނިތަށްޓަކީ ލޭގައި ހުންނަ ހަކުރުގެ ބައި ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ. އަދި އިނފްލެމޭޝަން ދަށްކޮށްދީ ލިވާގެ އެތެރެ ސާފުކޮށްލުމަށް އެހީތެރި ވެދެއެވެ.
ލިވާ ސާފުކޮށް ހުންނަންޏާ ހަށިގަނޑަށް ބަދަލު އާދެއެވެ. ހަކަތަ ލިބި ދުޅަވުން ކުޑަވެއެވެ. ޑައިޖެސްޓަން ރަނގަޅުވުމާއި އެކު ރަނގަޅަށް ނިދިވެސް ލިބެއެވެ. ބަނޑު ކުޑަވެ ހަޑިގަނޑު އެތެރޭގައި ހުންނަ ބުރަކަން ނެތިގެން ދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު