ފިޔާ ހަމައެކަނި ރަހަމީރުކޮށްދެނީއެއް ނޫން! ގިނަ ބާވަތްތަކުގެ ކެންސަރާ ދުރުކޮށްދީ ޖަރާސީމުތަކުން ސަލާމަތްކޮށްދޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 28ސ
ފިޔާ ހަމައެކަނި ރަހަމީރުކޮށްދެނީއެއް ނޫން! ގިނަ ބާވަތްތަކުގެ ކެންސަރާ ދުރުކޮށްދީ ޖަރާސީމުތަކުން ސަލާމަތްކޮށްދޭ!

ފިޔާ ގިނައިން ބޭނުންކުރެވެނީ ރިހަކެއްކުމާއި ސަޓަނިހެދުންފަދަ ކަންކަމަށެވެ.

ގިން ބައަކު ފިޔާ ބޭނުންކުރި ނަމަވެސް އެއިން ލިބޭ ޙަޤީޤީ ފައިދާތައް ގިނަބައަކަށް ނުއެނގެއެވެ. ވީމާ މިގެނެސްދެނީ ފިޔާއިން ލިބޭ ފައިދާތައް އެނގޭނެ ލިޔުމެކެވެ. އިން ޝާ ﷲ 

ފިޔާއަކީ އެލިއަމް އާއިލާގައި ހިމެނޭ ތަރުކާރީއެކެވެ. މި ބާވަތުގައި ދެން ހިމެނެނީ ލޮނުމެދު އަދި ލީކްސްފަދަ ތަރުކާރީއެވެ.  ކެއުމުގައި ކޮންމެ ދުވަހަކުހެން ދިވެހިން ފިޔާ ބޭނުންކުރެއެވެ. ފިޔާއަކީ އެންމެ ގިނައިން ކުއެރްސެޓިންގެ މާއްދާ އެކުލެވޭ ތަރުކާރީއެވެ. ކުއެރްސެޓިންއަކީ ގަސްގަހާގެހީގައި އެކުލެވޭ ވަރަށް ގިނަ ފައިދާ ލިއްބައިދޭ މާއްދާއެކެވެ. ފިޔާގެ އެކި ބާވަތްތައް ހުންނައިރު ރާއްޖޭން އެންމެ ގިނައިން ފެންނަނީ ރަތް ފިޔާކަށްވަނީ ފާހަގަވެފައެވެ.  

1.                                                          ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން  

ގިނަ ބާވަތްތަކުގެ ފިޔާގައި ކެންސަރާ ދެކޮޅަށް މަސައްކަތްކޮށްދޭ ކެމިކަލްއެއް އެކުލެވިގެންވެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ފިޔާ ކާ މީހުންނަށް ބޮޑު ގޮހުރު ، ކަރު އަދި އޯވަރީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑައެވެ. އެހެން ދިރާސާއަކުން ދެއްކި ގޮތުގައި އެލިއަމް އާއިލާގެ ތަރުކާރީ އެންމެ ގިނައިން ކާ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑައެވެ.

ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ފިޔާގައި ހިމެނޭ ކުއެރްސެޓިންއާއި އެހެނިހެން އެންޓިއޮކްސިޑެންޓްތަކަކީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާން މަގުފަހިކޮށްދޭ މާއްދާތަކެކެވެ. ކުއެރްސެޓިން މުއްސަނދި ކާނާ ކެއުމުގައި ހިމެނުމުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.  

2. ބެކްޓީރިއާއި ނައްތާލުމަށް އެހީތެރިވެދިނުން: 

ބައެއް ލެބްގެ ދިރާސާތަކުން ދައްކާ ގޮތުގައި ފިޔާގެ ސަބަބުން ގިނަ އަދަދެއްގެ ބެކްޓީރިއާތައް ނައްތާލެވިދާނެއެވެ. ކުރެވުނު އެކްސްޕެރިމެންޓެއްގައި ދައްކާ ގޮތުން ފިޔާ އާއި ލޮނުމެދު އެކްސްޓްރެކްޓްގެ ސަބަބުން ގިނަ މައިކްރޯބްސްތައް ( ޖަރާސީމު؟ ) އުފެދުން މަޑު ޖައްސާލަދެއެވެ. ފިޔާ ކެއުމުން ހަށިގަނޑުގެ ބެކްޓީރިއާތަކަށް އަސަރުކުރާ ގޮތް ދެނެގަތުމަށް އަދި އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.      

3. ހަޖަމް ކުރުމަށް އެހީތެރިވެދިނުން: 

ފިޔާ އަކީ ޕްރިބަޔޯޓިކްސް އާއި ފައިބަރުން މުއްސަނދި ތަރުކާރީއެކެވެ. ކްލެންލެންޑް ކްލިނިކްގައި މަސައްކަތް ކުރައްވާ ޑައިޓީޝަން ގިލިއަން ކަލްބަޓްސަން ވިދާޅުވާ ގޮތުގައި ގޮހޮރުގައި އެކުލެވޭ ބެކްޓީރިއާއިން އިންސޮލިއުބަލް ނުވަތަ ހަޖަމު ނުކުރާ ފައިބަރު ބްރޭކް ޑައުން ކޮށްދީ ފާމެންޓޭޝަން އުފައްދައިދެއެވެ. މިގޮތުގެ މަތިން ފިޔާ ޕްރިބަޔޯޓިކް ގޮތަށް މަސައްކަތްކޮށް ހަޖަމު ކުރުމަށް އެހީތެރވެދޭ ކަމަށް ގިލިއަން ކަލްބަޓްސަން ވިދާޅުވިއެވެ.  

ނަމަވެސް ހިތާމައަކީ މި ފާމެންޓޭޝަންގެ ސަބަބުން ގޭސް ވުމާއި ބަނޑު ފުއްޕުން ކުރިމަތި ކުރުވާފާނެ ކަމެވެ. ގިލިއަން ކަލްބަޓްސަން ވިދާޅުވާގޮތުގައި ކައްކާފައި ހުންނަ ފިޔާއަކީ ހަޖަމްކުރަން ފަސޭހަ އަދި ރޯ ފިޔާއަށް ވުރެން ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަ އެއްޗެކެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.  

---: އުންމު ނަވާރު  

މަސްދަރު

Cleveland Clinic (2024) Are onions good for you?, Cleveland Clinic. Available at: https://health.clevelandclinic.org/are-onions-good-for-you (Accessed: 09 June 2024).

Painter, K.,   Delzell, E. and   Mitchell, K. (no date) Onions: Health benefits and nutrition, WebMD. Available at: https://www.webmd.com/diet/health-benefits-onions (Accessed: 09 June 2024).

 

 

 

 

.

މިއަދު އޮންލައިން