މާލެއިން ފުރައިގެން ހުރާ ކައިރީ އޮންނަ ކުޑަވިލިނގިއްޔަށް ދަތުރުކުރި "ނާޒް" ނަމަކަށް ދޯނި ފަރަަށް އަރައިފި

ކިޔުމަށް ހޭދަވާނީ 36ސ
މާލެއިން ފުރައިގެން ހުރާ ކައިރީ އޮންނަ ކުޑަވިލިނގިއްޔަށް ދަތުރުކުރި "ނާޒް" ނަމަކަށް  ދޯނި ފަރަަށް އަރައިފި

މާލެއިން ފުރައިގެން ކ.ހުރާ ކައިރީ އޮންނަ ކުޑަވިލިނގިއްޔަށް ދަތުރުކުރި "ނާޒް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަނޑުއޮތްގިރީ ކައިރީ އޮތް ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 07:55 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފަވެއެވެ.

65 ފޫޓްގެ މިދޯނި ފަރަށް އެރިއިރު ދިވެއްސަކާއި ދެ ބިދޭސީންނާއެކު ޖުމްލަ 3 މީހުން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެއެ.

މިއަދު އޮންލައިން