ކަނޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި އޮޔާ ދާތީ ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮއްފި

ކިޔުމަށް ހޭދަވާނީ 50ސ
ކަނޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި އޮޔާ ދާތީ ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް  އިލްތިމާސްކޮއްފި

ކ. ކަނޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި އޮޔާ ދާތީ ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮއްފިއެވެ

2018 ނޮވެމްބަރު 28 ވަނަ ދުވަހު ކ. ކަނޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި ބަނޑޮސް އައިލެންޑް ރިސޯޓާއި ދިމާލަށް ހުޅަނގަށް އޮޔާ ދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މައުލޫމާތުދީފައެވެ.   މި ލަކުޑި ފިލާތަކަކީ މިއަދު ކަނޑުއޮށްގިރި ކައިރިއަށް ފަރަށް އެރި "ނާޒް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނިން ފޭބި ފިލާތަކެއްކަމަށެވެ.

މި ތަކެތި ނެގުމުގެ މަސައްކަތް މިދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ގުޅިގެން މި މަސައްކަތް  ކުރަމުންއެވެ.

މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން  ދަތުރުކުރުމަށާ ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއްދެއްވުމަށް ވެސް އެދެއެވެ.

މިއަދު އޮންލައިން